ޙަބަރު

ިހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމައް އެއްބަސްވުމެއް

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ިހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމައް އެއްބަސްވުމެއް

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމައް އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ ގޮތުން އިކޮނިމިކް މިނިސްޓީއާ އެމްޕީއެލްއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ، މުހައްމަދު ރިޝްވާނެވެ.

އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ހިދުމަތް މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއަރހައުސްގެ ހިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ހިމެނޭކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެންނެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ގާއިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.

ޝެއާ

ކޮމެންޓު