ސިޔާސީ ބޭނުމުގައި މީހަކު ހައްޔަރު ނުކުރާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާ ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ގާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނެކަމަށާއި މިސަރުކާރުން ގާނޫނީ ހަމަހަމަކަން ދަމަހައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާ ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ގާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނެކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާކަމަށެވެ. އަދި، އެފަދަ އަމަލުތަކަކީ ބަދަލުހިފުމުގެ އަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ގާނޫނުގެ ބާރު ހިނގާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ގާނޫނު ތަންފީޒުކުރުމުގައި، އެއަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާ މެދު ޑިއު ޕްރޮސެސް ހިންގޭނެކަމަށާއި އެކަމަށް ދައުލަތުން ފުރުސަތު ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"ރޫލް އޮފް ލޯ ތަންފީޒުކުރުން، ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ހައްގުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަގީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެއްވެސް ހާލަތެއްގައި އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާ ހަމައަށްވެސް ކުރެއްވިކަމެއް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




ކޮމެންޓު