ޙަބަރު

ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

އުމްނާ އިސްމާއިލް

1 މިނިޓުއަޕްޑޭޓުކުރީ
ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުގައި، ކ. ތުލުސްދޫ އަދި ކ. ގުރައިދޫ ފިޔަވައި އެހެން ހުރިހާ ރަށްރަށެއްގެ ކެންޑިޑޭޓުންގެ ނަންތައް ވަނީ ތަރުތީބުކޮށް ނިމިފައެވެ. ތުލުސްދޫ އާއި ގުރައިދޫގެ ނަންތައް ތަރުތީބު ނުކުރެވި ވަނީ އެ ދެ ރަށުގެ އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިހާރު މި އިންތިޚާބުގައި ވާދަކުރަނީ ޖުމްލަ 2,927 ކެންޑިޑޭޓުންނެވެ. އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 67 ކެންޑިޑޭޓަކު ވަނީ އެކި ސަބަބުތަކާހުރެ ނަން އަނބުރާ ގެންގޮސްފައެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތަކީ:

  1. އަހުމަދު އައިހަމް މުހައްމަދު (އަމިއްލަގޮތުން)
  2. އިސްމާއީލް ޒަރިޔަންދު (އަމިއްލަގޮތުން)
  3. އާދަމް އާޒިމް (އެމްޑީޕީ)
  4. މޫސާ އަލީ ޖަލީލު (ޕީއެންސީ)
  5. އަބްދުﷲ މަހުޒޫމް މާޖިދު (އަމިއްލަގޮތުން)

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތަރުތީބަކީ:

  1. އަލްއުސްތާޒާ އާޝިޔަތު އަލައިކާ އަދުނާން (ޕީއެންސީ)
  2. މަރިޔަމް ޝިމާޒާ (އަދާލަތު ޕާޓީ)
  3. އާއިޝަތު ރީޝާ (އެމްޑީޕީ)

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކުރިއަށް އޮތް ހޮނިހިރު ދުވަހު ރަސްމީކޮށް އާއްމުކުރާނެއެވެ.

ޝެއާ

ކޮމެންޓު