ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ދެވަނަ ސެގްމެންޓްގެ މަަސައްކަތް ނިންމާލުމަށް ފަހު އާންމުންނަށް ހުޅުވާލައިފި އެވެ. މި މަޝްރޫއުގެ ދެވަނަ ސެގްމެންޓް ގެ ދަށުން ތަރައްގީކުރީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމަޔަށެވެ. އެ ސަރަހައްދުގައި ތާރު އެޅުން ނިންމާލީ މިިދިޔަ ބުދަ ދުވަހު އެވެ. ބޮޑުތަކުރުފާނު މަގުގެ މަޝްރޫއަކީ 55.95 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސްކޯޕުގެ ދަށުން 830 މީޓަރުގެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ހުޅުމާލޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ އެވެ. ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮތް މީހާގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 11:05 އެއްހާއިރު ފުލުހުން ނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ޕިކަޕު ވެއްޓުނު މީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދިފައެވެ. މަރުވެފައިވާ މީހާ އަކީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނިގޮތުގައި ފުލުހުން ދަނީ […]
ކުޑަ ކުއްޖަކު ގްރޫމްކޮށް، ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފާތިމަތު ރީމާ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ފުލުހުން ބުނިގޮތުގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ […]
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ޝަރަފްވެރި ކޮށްދެއްވައި، ޝަރަފްވެރި އެވޯޑްތައް ހަވާލުކޮށްދެއްވަައިފިއެވެ. އެމަނިކުފާނު، މި އެވޯޑުތައް ހަވާލުކޮށްދެއްވީ، ސްޕޯޓްސް މިނިސްްޓްރީން އިންތިޒާމްކޮށްގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި ރައީސް ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުހައްމަދު ނަދީމަށެވެ. މީގެ އިތުރުން، […]
ދުންފުހުގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހުގައި ރާއްޖެއަށް ވަރަށް ގަދައަށް ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓުން ބުނިގޮތުގައި، ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރާނެ ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސްދުވަހު ވެސް ވައި ނުސާފުވާނެ ކަމަށް ބުނެފައިވެެއެވެ. މެޓުން ހާމަކުރިގޮތުގައި މޫސުމާ ބެހޭ ރިޕޯޓްތަކުގައި ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ނެވެ. އެހެންކަމުން، […]
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ މޫރިންގ ބޮއެތައް މަރާމާތްކުރުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ބޮއެގެ މަސައްކަތް ނިންމައި މިއަދު އަލުން ހަރުކޮށްފިއެވެ. މިއީ ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ އެންމެ ހާއްސަ ކަމަކީ، މީގެ ކުރިން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި މި މަސައްކަތް، މިފަހަރު އެމް.ޕީ.އެލްގެ އަމިއްލަ މުވައްޒަފުން ކުރިއަށް ގެންދިއުމެވެ. މިގޮތުން ބޮއެ މަރާމާތްކުރުމާއި ކަނޑު އަޑީގައި ބޮއެ […]
36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ. މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރީ މި މަހުގެ12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި […]
ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ރޯދައަށް ވަގުތީ މާރުކޭޓެއް ހުޅުވާނެކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި އަންނަ ރޯދަ އަށް ހާއްސަކޮށްގެން ހުޅުވާ މި މާރުކޭޓުގައި ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ. އަދި މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މި މާރުކޭޓަކީ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ […]
ކުރިއަށް އޮތް ރޯދަ މަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިތައް ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުން އާންމުކޮށްފި އެވެ. އެއޮފީހުން އާންމު ކުރިގޮތުގައި ކުރިންވެސް ހަމަޖައްސާފައިވާ ގޮތަށް މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 […]
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ 28 ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީއަށް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނިގޮތުގައި މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބައް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުުލާނުކުރުމުގެ ކުރިން […]
20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެން އާ ސްޓޮކެއް ގެނެސްފި އެވެ. އެމްއެމްއޭއިން ބުނިގޮތުގައި އެއޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ވަނީ ގެނެސްފަ އެވެ. މި މަހުގެ ދެވަނަ ދުވަހުގަ ވެސް އެމްއެމްއޭއިން ވަނީ 100 ރުފިޔާގެ ނޫޓްގެ އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައެވެ. މި ސްޓޮކަކީ ވެސް100 ރުފިޔާ ނޫޓްގެ ސްޓޮކް މަދުވެގެން ގެނެސްފައިވާ ސްޓޮކެއް […]
ސިންމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާދެމުންދާ ކަމަށް ފުލުުހުން މައުލޫމާތު ދީފިއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލެ ބްރިޖުން އެއާޕޯޓަށް ދާން އަޅާ މެއިން ރޯޑް ކައިރިންއެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި، ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންްނެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:15ގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. […]











