ޙަބަރު

ހުޅުމާލޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ އެވެ. ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮތް މީހާގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 11:05 އެއްހާއިރު ފުލުހުން ނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ޕިކަޕު ވެއްޓުނު މީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދިފައެވެ. މަރުވެފައިވާ މީހާ އަކީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނިގޮތުގައި ފުލުހުން ދަނީ […]

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ހުޅުމާލޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮތް މީހާގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 11:05 އެއްހާއިރު ފުލުހުން ނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ޕިކަޕު ވެއްޓުނު މީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދިފައެވެ. މަރުވެފައިވާ މީހާ އަކީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޝެއާ

ކޮމެންޓު