ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންސް ޓާމިނަލް 2 އަށް ބަދަލުކުރުމަކީ ލިބުނު ކުރިއެރުމެއް: ނައިބު ރައީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) ގެ ޑޮމެސްޓިކް ހިދުމަތްތައް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވީ.އައި.އޭގެ އައު އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމަށްފަހު ވީ ކުރު […]











