ޙަބަރު

އިސްލާހުގެ ފެށުމަކީ ތިމާ ކަމުގައިވެ، ހެޔޮ ބަދަލުގެ ނަމޫނާއަކަށް ވާން ރައީސްގެ އިލްތިމާސް

hiriyaa.mv

1 މިނިޓު
އިސްލާހުގެ ފެށުމަކީ ތިމާ ކަމުގައިވެ، ހެޔޮ ބަދަލުގެ ނަމޫނާއަކަށް ވާން ރައީސްގެ އިލްތިމާސް

އިސްލާހުގެ ފެށުމަކީ ތިމާކަމަށްވާތީ، އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ ކޮންމެ މީހަކީ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިތާބުގަ އެވެ.

އެމަނިކުފާނުގެ ހިތާބުގައި، ދިވެހި މުޖުތަމައަކީ ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، އަދި ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ ބަޔަކު އުޅޭ މުޖުތަމަޢެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާކަން ވިދާޅުވިއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، އަދި ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައަކަށް ދިވެހި މުޖުތަމަޢު ވާންޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

“ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް އަޅުގަނޑުމެން ދެކެން ބޭނުންވެއެވެ.”ރައީސްގެ ހިތޯބުގައިވެ އެވެ.

ރައީސް މުޢިއްޒު އިތުރަށް އިލްތިމާސްކުރެއްވީ، ހުރިހާ ކަމެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ދިވެހިވަންތަ ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައަކަށް ވުމަށެވެ.

އެފަދަ ހެޔޮ ސިފަތަކެއް ހުރި މުޖުތަމަޢެއް ބިނާކުރުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އަމާންކަމާއި ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހެޔޮލަފާ، ޚުލްޤުހެޔޮ، އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަކީ ދިވެހި އުންމަތުގެ ޤަދަރު މަތިވެރިވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޝެއާ

ކޮމެންޓު