hiriyaa.mv

ޙަބަރު

ފްލައިޓްތަކުގެ ގަޑިތަކަށް ބަދަލު އަންނާތީ ފުރުމުގެ ކުރިން މައުލޫމާތު ސާފުކުރަން އެދިއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، ފުރަންދާ ފަތުރުވެރިންނާއި ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެމްއޭސީއެލް އިން ބުނީ، މަސްރަޙުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ބައެއް އެއަރލައިންތަކުގެ ދަތުރުތަކަށް ބަދަލު އަންނަމުންދާ ކަމަށެވެ. އެހެންކަމުން، ކޮންމެ ފަސިންޖަރަކުވެސް އެމީހަކު ދަތުރުކުރަން ހަމަޖެހިފައިވާ އެއަރލައިނެއްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު […]

އަޕްޑޭޓު
ޙަބަރު

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ކޮށްފާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދެނެގަތުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދިރާސާ ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ރާއްޖެއަށް އާންމުކޮށް […]

ޙަބަރު

ހއ. ދިއްދޫގެ އެއާޕޯޓާއި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި މަޝްރޫއު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވުނީ ދުނިޔޭގައި މިވަގުތު އޮތް […]

ޙަބަރު

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ކްލިއަރކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަލުވިކޮށްފިއެވެ. އެމްޕީއެލް އިން ބުނިގޮތުގައި މުދާ ހުސްކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން މިހާރު ދަނީ ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން، މިދިޔަ އާދީއްތަ ދުވަހުގެ ރޭގަނޑު “ނިއުމަތު 3” އަދި “ބްލޫހާ” އުޅަނދުން ވަނީ ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބާލާފައެވެ. “ނިއުމަތު […]

ޙަބަރު

ސަރުކާރުގެ މައިގަނޑު ތިން ސިނާއަތަކުން ފަންނީ މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ މުހިންމު ދާއިރާތަކެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން، މެންބަރުން ހޯދުމަށް ހުޅުވާލާފައިވަނީ “ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ”، “ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަދި “ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަށެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމާއި […]

ޙަބަރު

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ އަމަލީ މަސައްކަތް ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ “ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް” ގެ ދެވަނަ ޕެކޭޖެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. ޓެކް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މަކޯޓޯ ޔޮކޮށީ އެވެ. […]

ޙަބަރު

ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތެލެސީމިއާ ކުދިންނާއި އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް 14 ކުއްޖަކަށް ލޭ އެޅުމުގެ ޚިދުމަތް ދީފައިވާއިރު، 5 މީހަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން […]

ޙަބަރު

ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެމްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ބުނީ، ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ މި ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް، ޕޮލިއެތިލީން ޓެރަތަޔަލޭޓް އިން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. ބާޒާރުގައި ތަފާތު […]

ޙަބަރު

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ދ. އަތޮޅާއި ފ. އަތޮޅުގެ ދަތުރުތަކަށް ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އަގުތަކުގެ ތެރޭގައި ދެ އަތޮޅުގެ އެތެރޭގެ ދަތުރުތަކާއި، ދެ އަތޮޅު ގުޅުވައިދޭ ދަތުރުތައް ހިމެނެއެވެ. ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ބަލާއިރު، އެއްކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގައެވެ. ދެކޮޅު ދަތުރެއްނަމަ އެންމެ އަގުހެޔޮކޮށް […]

ޙަބަރު

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށާފައިވާތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ. އެއާ އިންޑިއާއަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރި އިންޑިއާގެ އެއާލައިނެވެ. މި ތާރީހީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެއަށް އައި އެއާ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓާ ސަލިއުޓެއް އަރުވައި، ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ފްލައިޓުން މިއަދު ޖުމްލަ 139 […]

އަޕްޑޭޓު
ޙަބަރު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފި އެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ. މިއީ ހުޅުމާލެއަށް ބްރިޖުން ފައިބައިގެން އަންނައިރު ހުންނަ އެސްޓާސް ފިހާރައާ ޖެހިގެން ސެންޓްރަލް ޕާކާ ދިމާލަށް ދާން އޮންނަ މަގެވެ. އެސްޓީއޯއިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެސްޓީއޯގެ ހިދުމަތެއް އެ ސަރަހައްދުގައި ނެތުމުގެ ޝަކުވާ […]

އަޕްޑޭޓު
ޙަބަރު

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފ. އަތޮޅު އަދި ދ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީއިން ވަނީ އެ ދެ އަތޮޅުގައި ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ. ފ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ އަތޮޅު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއެވެ. ދ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް […]