ޙަބަރު

ފ. އަތޮޅާއި ދ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް

hiriyaa.mv

1 މިނިޓު
ފ. އަތޮޅާއި ދ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފ. އަތޮޅު އަދި ދ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީއިން ވަނީ އެ ދެ އަތޮޅުގައި ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ.

ފ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ އަތޮޅު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއެވެ. ދ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީނެވެ.

މި ޚިދުމަތުގެ ދަށުން ޖުމުލަ ހަ ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފ. އަތޮޅުގެ އެއް ރޫޓު.
  • ދ. އަތޮޅުގެ ދެ ރޫޓު.
  • ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓު.

ދެ އަތޮޅު ގުޅާލަދޭ މައިގަނޑު ދަތުރުތައް ކުރާނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. މި ޚިދުމަތް ދިނުމަށްޓަކައި އެމްޓީސީސީން ވަނީ ޖުމުލަ ދެ ފެރީ ހަމަޖައްސާފައެވެ.

ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން މި މަހުގެ 19 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ޝެއާ

ކޮމެންޓު