ޙަބަރު

ރޯދަ މަހު މުދާ އަރުވައި ބާލާ ގަޑިތައް އެމްޕީއެލް އިން ކަނޑައަޅައިފި

hiriyaa.mv

1 މިނިޓުއަޕްޑޭޓުކުރީ
ރޯދަ މަހު މުދާ އަރުވައި ބާލާ ގަޑިތައް އެމްޕީއެލް އިން ކަނޑައަޅައިފި

ކުރިއަށް އޮތް ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމާއި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގަޑިތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާނުކޮށްފިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ބޯޓުފަހަރުން މުދާ ބާލާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އަށެވެ. ހުކުރު ދުވަހު މި މަސައްކަތް ކުރިއަށްދާނީ ހަމައެކަނި ރޭގަނޑު 9:00 އިން ދަންވަރު 1:30 އަށެވެ. މާލެ އާއި ހުޅުމާލޭގެ ކޮންޓެއިނާ ޝިފްޓިންގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ ހަމަ މި ގަޑިތަކުގައެވެ.

މުދާ ކްލިއާ ކުރުމަށް އެސައިން ކުރުމުގެ މަސައްކަތް ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ކުރިއަށްދާއިރު، ހުކުރު ދުވަހު މި ހިދުމަތް ބަންދުވާނެއެވެ. އަދި އޮންލައިންކޮށް ޝިފްޓިން އަށް ރިކްއެސްޓް ކުރުމުގެ ފުރުސަތު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ

ޝެއާ

ކޮމެންޓު