ޙަބަރު

ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންސް ޓާމިނަލް 2 އަށް ބަދަލުކުރުމަކީ ލިބުނު ކުރިއެރުމެއް: ނައިބު ރައީސް

hiriyaa.mv

1 މިނިޓު
ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންސް ޓާމިނަލް 2 އަށް ބަދަލުކުރުމަކީ ލިބުނު ކުރިއެރުމެއް: ނައިބު ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) ގެ ޑޮމެސްޓިކް ހިދުމަތްތައް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވީ.އައި.އޭގެ އައު އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމަށްފަހު ވީ ކުރު މުއްދަތުގެ ތެރޭގައި، ޑޮމެސްޓިކް ހިދުމަތްތައްވެސް މިފަދަ ޒަމާނީ ވަސީލަތްތަކާއެކު ބަދަލުވެގެން ދިއުމަކީ ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމެކެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓާމިނަލަކީ ގިނަ ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު، އެ ޓާމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް އެއީ ބޮޑު ތަކުލީފަކަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އިގްތިސާދީގޮތުން އެ ޓާމިނަލުން ރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އިފުތިތާހު ކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، އެމަނިކުފާނު އިސްކަންދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިންނެވެ. މި ބަދަލަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އައި އިންގިލާބީ ބަދަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ޝެއާ

ކޮމެންޓު