އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށާފައިވާތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ. އެއާ އިންޑިއާއަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރި އިންޑިއާގެ އެއާލައިނެވެ. މި ތާރީހީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެއަށް އައި އެއާ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓާ ސަލިއުޓެއް އަރުވައި، ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ފްލައިޓުން މިއަދު ޖުމްލަ 139 […]
ޙަބަރު
ފަހުގެ ޚަބަރުތައް
މިދިޔަ ބުރާސްފަތި ދުވަހު އެކަނި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، 3000 އަށް ވުރެ ގިނަ ބިސް ކޭސް އިން ކްލިއާ ކޮށްފިއެވެ. އެމްޕީއެލުން ދަނީ ރޯދަމަހާ ގުޅިގެން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން،މ އެ ކުންފުނިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނި 3،658 ކޭސް ބިސް ކްލިއާ ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ކުލިއާ ކޮށްފައި ވަނީ ފިޔާއެވެ. އެއީ 2،165 ބަސްތާ […]
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުުހުން ބުނެފިއެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ކޯޓުން ނެރޭ “ރައްކާތެރިކުރުމުގެ ވަގުތީ އަމުރު” ނުވަތަ “ރައްކާތެރިކުރުމުގެ އަމުރު” […]
މޯލްޑިވްސް ޒަކާތު ހައުސް އިން 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އެހެން ރަމަޟާން މަސްތަކެކޭ އެއްފަދައިން މި އަހަރުވެސް މުލަ ރޯދައިން ފެށިގެން ރޯދަމަހުގެ 27ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށް ޒަކާތު ހައުސިން އިން ވަނީ ބުނެފައެވެ. މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ: ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް އުރީދޫ، […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު އުޅަނޑުތަކައް ހުޅުވާލައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނިގޮތުގައި މިހާރު ނޯތު ހާބަރު ކުރިން ބަންދުކުރި ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސަރަހައްދު ހުރިހާ އުޅަނދަކަށް ހުޅުވާލާފައި ވަނީ ރޭ 11:00 އިން ފެށިގެންނެވެ. ނަމަވެސް، މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ […]
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވީ އިއްޔެގެ އަސުރުނަމާދު ވަގުތުގައެވެ. ސަރުކާރުން، އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްގީކޮށްފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، އިސްލާމިކް މިނިސްތަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަނެފައިވެއެވެ. އަދި ގިނަ […]
ކޮމިޝަނާ އިފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރައްވައިފިއެވެ. ސީޕީ ނަވީން ރިޓަޔާ ކުރައްވާފައި ވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތި ދީފައިވެއެވެ. އެހެންވެ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫންގައިވާ ގޮތުގައި އިއްޔެއިން ފެށިގެން ފުލުުންގެ ހިދުމަތް ވަގުތީގޮތުން ހިއްގުމާ ހަވާލުކޮށްފައިވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ކަނޑައަޅުއްވާފައެވެ. ރިޓިއާރްޑް ސީޕީ ނަވީން އެމަގާމަށް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ. […]
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފި އެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ. މިއީ ހުޅުމާލެއަށް ބްރިޖުން ފައިބައިގެން އަންނައިރު ހުންނަ އެސްޓާސް ފިހާރައާ ޖެހިގެން ސެންޓްރަލް ޕާކާ ދިމާލަށް ދާން އޮންނަ މަގެވެ. އެސްޓީއޯއިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެސްޓީއޯގެ ހިދުމަތެއް އެ ސަރަހައްދުގައި ނެތުމުގެ ޝަކުވާ […]
ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމަށްޓަކައި 3،000 އަކަފޫޓުގެ ޝެޑެއް ވިޔަފާރި ބަނދަރުގައި ހަދާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެކުންފުނިން ބުނިގޮތުގައި މިފަދައިން 3000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ހަދާފައި ވަނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މިރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނެވެ. މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް2 އަކަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ (އެމްއޭސީއެލް) އިން ބުނެފިއެވެ. ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ބަދަލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓާމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން […]
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފ. އަތޮޅު އަދި ދ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީއިން ވަނީ އެ ދެ އަތޮޅުގައި ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ. ފ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ އަތޮޅު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއެވެ. ދ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް […]
ކުރިއަށް އޮތް ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމާއި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގަޑިތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާނުކޮށްފިއެވެ. އެމްޕީއެލުން ބުނި ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ބޯޓުފަހަރުން މުދާ ބާލާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އަށެވެ. ހުކުރު ދުވަހު މި މަސައްކަތް ކުރިއަށްދާނީ ހަމައެކަނި ރޭގަނޑު 9:00 އިން ދަންވަރު […]










