ޙަބަރު
ސީޕީ ނަވީން ރިޓަޔާ ކުރައްވައިފި

ކޮމިޝަނާ އިފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.
ސީޕީ ނަވީން ރިޓަޔާ ކުރައްވާފައި ވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތި ދީފައިވެއެވެ. އެހެންވެ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫންގައިވާ ގޮތުގައި އިއްޔެއިން ފެށިގެން ފުލުުންގެ ހިދުމަތް ވަގުތީގޮތުން ހިއްގުމާ ހަވާލުކޮށްފައިވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ކަނޑައަޅުއްވާފައެވެ.
ރިޓިއާރްޑް ސީޕީ ނަވީން އެމަގާމަށް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ. އެއީ ކުރިން އެމަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް 26ގައި ރިޓިއާކުރުމުންނެވެ.




ކޮމެންޓު