ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 78 / 179

ޙަބަރު

ސަރުކާރުގެ މައިގަނޑު ތިން ސިނާއަތަކުން ފަންނީ މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ މުހިންމު ދާއިރާތަކެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން، މެންބަރުން ހޯދުމަށް ހުޅުވާލާފައިވަނީ “ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ”، “ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަދި “ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަށެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމާއި […]

ޙަބަރު

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ އަމަލީ މަސައްކަތް ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ “ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް” ގެ ދެވަނަ ޕެކޭޖެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. ޓެކް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މަކޯޓޯ ޔޮކޮށީ އެވެ. […]

ޙަބަރު

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރަކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފި އެވެ. މި މަޝްރޫއަކީ 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށާއި، 823 މީޓިރުގެ ސަރަހައްދެއްގައި ޑްރައިނޭޖް ބަޔޯސްވޭލްއެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ41.04 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ޙަބަރު

ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތެލެސީމިއާ ކުދިންނާއި އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް 14 ކުއްޖަކަށް ލޭ އެޅުމުގެ ޚިދުމަތް ދީފައިވާއިރު، 5 މީހަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން […]

ޙަބަރު

ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެމްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ބުނީ، ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ މި ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް، ޕޮލިއެތިލީން ޓެރަތަޔަލޭޓް އިން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. ބާޒާރުގައި ތަފާތު […]

ޙަބަރު

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ދ. އަތޮޅާއި ފ. އަތޮޅުގެ ދަތުރުތަކަށް ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އަގުތަކުގެ ތެރޭގައި ދެ އަތޮޅުގެ އެތެރޭގެ ދަތުރުތަކާއި، ދެ އަތޮޅު ގުޅުވައިދޭ ދަތުރުތައް ހިމެނެއެވެ. ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ބަލާއިރު، އެއްކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގައެވެ. ދެކޮޅު ދަތުރެއްނަމަ އެންމެ އަގުހެޔޮކޮށް […]

ޙަބަރު

މިދިޔަ ހުކުރު ދުވަހު އެކަނި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، 900 ބަސްތާ ފިޔާ ކްލިއާ ކޮށްފިއެވެ. އެމްޕީއެލުން ދަނީ ރޯދަމަހާ ގުޅިގެން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން، އެ ކުންފުނިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހުކުރު ދުވަހު އެކަނި 900 ބަސްތާ ފިޔާ ކްލިއާ ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ކުލިއާ ކޮށްފައި ވަނީ އަލުވިއެވެ. އެއީ 360 ބަސްތާ އަލުއްވެއެވެ. މީގެއިތުރުން ކުލިއާކޮށްފައިވާ މުދަލަކީ: ޓޮމާޓޯ- […]

އަޕްޑޭޓު
ޙަބަރު

މީހަކު ރަހިނުކުރި މައްސަލާގައި ތުހުމަތު ކުރެވޭ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނި ގޮތުގައި މި މަހުގެ19 ވަނަ ދުވަހުގެ މެންދަމު 01:22 އެހައިކަންހާއިރު ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ކުރި ތަހުގީގުތަކުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި ރަހީނުކޮށްފައި ހުރި […]

ޙަބަރު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. މި ޕުރޮގުރާމް އިފްތިތާހްކޮށްފައި ވަނީ އިއްޔެ ހަވީރު 5:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި މި ޕުރޮގުރާމް އިފްތިތާހްކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ޕްރޮގުރާމު އިފްތިތާހް ކުރެއްވުމަށްޓަކައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވަނީ ބައިވެރިވެލައްވާފައެވެ. މިއާއެކު، […]

ޙަބަރު

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑުރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތެއް […]

ޙަބަރު

މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް އަލުން މާލެ ނޯތު ހާބަރަށް ބަދަލުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ އަށް ބަނދަރުކުރަން ފަށައިފަކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. މިއާއެކު އެމްޕީއެލުން ބުނިގޮތުގައި، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް […]

އަޕްޑޭޓު
ޙަބަރު

ޓާމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއްކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ މިނިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑައިރެލްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, […]

އަޕްޑޭޓު