ޙަބަރު

މާލެ ނޯތު ހާބަރު އުޅަނދުތަކަށް ހުޅުވާލައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މާލެ ނޯތު ހާބަރު އުޅަނދުތަކަށް ހުޅުވާލައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު އުޅަނޑުތަކައް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނިގޮތުގައި މިހާރު ނޯތު ހާބަރު ކުރިން ބަންދުކުރި ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސަރަހައްދު ހުރިހާ އުޅަނދަކަށް ހުޅުވާލާފައި ވަނީ ރޭ 11:00 އިން ފެށިގެންނެވެ.

ނަމަވެސް، މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ  ދަށުން 830 މީޓަރުގެ މަގެއް ވަނީ ހަދާ، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ވަނީ ކޮށްފަ އެވެ. އަދ،ި ސަބްބޭސް އާއި އޭބީސީ ތައްޔާރުކޮށް ތާރު އަޅ،ާ ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކޮށް، ފެންހިންދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. މި މަޝްރޫއަކީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވަލުލުކޮށްފައިވާ މަޝްރޫއެކެވެ.

ޝެއާ

ކޮމެންޓު