ޙަބަރު

ދެން މަސްދަޅު ކޭސް ދޫކުރާނީ މިފްކޯ ފިހާރައިން

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ދެން މަސްދަޅު ކޭސް ދޫކުރާނީ މިފްކޯ ފިހާރައިން

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް ދެން ދޫކުރާނީ މިފްކޯގެ ފިހާރައިން އެކަނި ކަމަށް ލޯކަލް ހަވާމެންޓް މިނިސްޓްރީން ބުނެފި އެވެ.

ލޯކަލް ގަވާމެންޓް މިިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް  ފަށާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ މީހުންނަށް ދެން މަސްދަޅު ކޭސް ލިބޭނީ މިފްކޯ މަސް ފިހާރައިން ނެވެ. އަދި މިފްކޯ މަސް ފިހާރައިން މަސްދަޅު ކޭސްތައް ދޫކުރަނީ މުލަ ރޯދަ ދުވަހާ ހަމަޔަށް ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.

މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ އިސް ނެންގެވުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝެއާ

ކޮމެންޓު