ޙަބަރު

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ނަކުލް ކޭ ސީ އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ އިތުރުން ނަކުލް ކޭ ސީގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝެއާ

ކޮމެންޓު