ޙަބަރު

އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑު 22 ފަރާތަކަށް ދީފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑު 22 ފަރާތަކަށް ދީފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, ދޭ “ވެލާނާ އެވޯޑްސް” 22 ފަރާތަކަށް ލިބިއްޖެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ބޯޑު މެންބަރުންނާ، އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަނެފައިވެއެވެ.

މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވީއައިއޭގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެއްކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.

ވެލާނާ އެވޯޑްސް ލިބުނު ފަރާތްތަކަކީ:

  • ވެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް
  • ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:

  • އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާ
  • މިޑިލް އީސްޓް: އެތިހާދު އެއާވޭސް
  • ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
  • ޔޫރަޕް: ވާޖިން އެޓްލާންޓިކް
  • އިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ

ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:

  • އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސް
  • މިޑިލް އީސްޓް: އެމިރޭޓްސް
  • ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
  • ޔޫރަޕް: ޓާކިޝް އެއާލައިންސް
  • އިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ

ޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް)

  • ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާ
  • ޓޮޕް ޑޮމެސްތިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ, މިއެވޯޑް ތަކަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.

އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

 

ޝެއާ

ކޮމެންޓު