ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައި އީސީން މިއަދު ކުރި އިއުލާނުގައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 3 ގަޑި ބަޔާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. 4 އޭޕްރިލްގައި ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު ހަތަރަކާ ހަމައަށެވެ. އިންތިހާބުގެ ރަސްމީ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 94 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރެއިން، މިހާރު 59 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 94 އިންސައްތައެވެ. އެމްއޭސީއެލުން މި މަސައްތަކް ކުރިއަށް ގެންދަނީ 22000 ކިއުބިކް މީޓަރުގެ ވެލި […]
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15 ހާހަށް އަށް ވުރެ ގިނަ މީހުން ތިބިކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ. އެންސްޕާ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޖުމްލަ15059 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އުމުރާއި އަދަދު: 18 އަހަރުން ދަށް 1539 އަންހެން ކުދިންނާއި 3560 ފިރިހެން ކުދިން 18 […]
ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ދަތިކަން ހުރި މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޤާނޫނުގައި ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށް އެލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން […]
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ފްލެޓާއި ގޯއްޗައް އެޕަލައި ކުރަން ހުޅުވާލާ ދުވަސް ފަސްކޮށްފި އެވެ. ހައުސިން މިނިސްޓްރީން ކުރިން މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަސް އެޕަލައި ކުރަން ހުޅުވާލާނީ މިއަދު ކަމުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް މިއަދު އެ އިނދާރާއިން ނެރުނު ބަޔާނެއްގައި މިމަހުގެ 18 ވަނަ ދުވަހަށް ވަނަ ދުވަހަށް ފުލެޓަށާއި ގޯއްޗަށް އެޕްލައި ކުރުން ފަސްކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ކުރިއަށް އޮތީ ހަފްތާ ބަންދަކަށް ވާތީ ކަމަށް […]
އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަކުރި ދެ ފަތުރުވެރިން ރާއްޖޭގައި ނިޔާވުމުގައި އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި ދެ ފަތުރުވެރިން ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. މި ދެ ފަތުރުވެރިންގެ ތެރެއިން މރސ. އެލައިނީ ރިޗްމޮންޑް (70އ)، ނިޔާވެފައި ވަނީ 2025 ޑިސެމްބަރ 19 ވަނަ ދުވަހުއެވެ. އެގޮތުން އޭނާ […]
ރ.ކިނޮޅަހު ބޭރުން އޮޔާދަނިކޮށް ފެނުނު ހަށިގަނޑަކީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ. މި މަހު 4 ވަނަ ދުވަހު ކިނޮޅަހު ބޭރުން އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ އެވެ. އެހެންވުމުގެ ސަބަބުން ޖިންސު ވެސް ދެނެނުގަނެވޭކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ […]
ހަ ދުވަހުގެ ތެރޭގައި 67 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފުލުހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 4 އިން 10 އާ ހަމައަށް 67 އެކްސިޑެންޓް ހިނގާފައި ވެ އެވެ. މި ދުވަސްތަކުގެ ތެރެއިން ވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ޖެނުއަރީ ހަވަނަ ދުވަހުގައެވެ. އެ ދުވަހު13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 12 އެކްސިޑެންޓާއެކު ދެ ވަނައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި […]
ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލިންގެ މަސައްކަތުގެ 85 މީޓަރު އަޅާ ނިމެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރިއަށް ގެންދަމުން ނެވެ. އެގޮތުން މިހާރު 85 މީޓަރަށް ޝީޓް ޕައިލިން އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މީގެއިތުރުން، ނަރުދާމާ އެޅުމުގެ މަސައްކަތާއި ފެންހޮޅި އެޅުމުގެ މަސައްކަތް މި އަންނަ […]
ވޯޓާސް ލިސްޓަށް މިހާތަނަށް315 ޝަކުވާ ހުށައަޅާފައިވާ ކަމަށް އެލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި އިއްޔެ ހަވީރު 6 ގެ ނިޔަލަށ 315 ޝަކުވާ ހުށައަޅާފައިވެ އެވެ. އީސީގެ މެއިން ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާ ތަކަކީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، […]
ޝަރުތު ހަމަވި 40 މީޑިއާ އަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފިއެވެ. ޔޫތު މިނިސްޓްރީން މިއަދު ބުނެފައިވަނީއަމިއްލަ ގޮތުން ހިންގާ 40 މީޑިއާއަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން މީޑިއާތަކަށް ދީފައިވާ މާލީ އެހީތެރިކަމެވެ. މަލީ އެހީ ހޯދުމަށް ހުޅުވާލުމުން ސަރުކާރުގެ މާލީ އެހީ ހޯދުމަށްޓަކައި 41 މީޑިއާއަކުން ކުރިމަތިލިއެވެ. ނަމަވެސް އޭގެތެރޭގައި ދެ މީޑިއާއެއް އެއްކުންފުންޏެއްގެ […]
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން، ސައިޓް އޭގެ 71 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސައިޓް އޭގައި ހިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިމެވެ. މީގެތެރެއިން މިހާރު 71 ހެކްޓަރު ގެ ބިން ވަީ ހިއްކާފަ އެވެ. އެއީ މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 51.64 އިންސައްތަ އެވެ. އެމްއޭސީއެލުން މީގެ […]











