ޙަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައި އީސީން މިއަދު ކުރި އިއުލާނުގައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 3 ގަޑި ބަޔާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

4 އޭޕްރިލްގައި ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު ހަތަރަކާ ހަމައަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ހާމަކުރާނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ.

މިއަހަރުގެ ލޯކަލް ކައުންސިކް އިންތިހާބުގައި ލޯކަލް ކައުންސިލް މަގާމުތަކަށް 678 މެންބަރުން ކުރިމަތިލާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަގާމްތަކަށް ވެސް 678 މެންބަރުން ކުރިމަތިލާނެއެވެ.

ޝެއާ

ކޮމެންޓު