ޙަބަރު

ފޭސް 3 ބިން ހިއްކުން: މަސައްކަތުގެ 94 އިންސައްތަ ނިމިއްޖެ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ފޭސް 3 ބިން ހިއްކުން: މަސައްކަތުގެ 94 އިންސައްތަ ނިމިއްޖެ

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 94 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރެއިން، މިހާރު 59 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 94 އިންސައްތައެވެ.

އެމްއޭސީއެލުން މި މަސައްތަކް ކުރިއަށް ގެންދަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީ ހުރި ދެ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.

ޝެއާ

ކޮމެންޓު