ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،000 އަށް ވުރެ ގިނަ މީހުން

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،000 އަށް ވުރެ ގިނަ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15 ހާހަށް އަށް ވުރެ ގިނަ މީހުން ތިބިކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

އެންސްޕާ އިން  ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޖުމްލަ15059 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.

އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އުމުރާއި އަދަދު:

  • 18 އަހަރުން ދަށް 1539 އަންހެން ކުދިންނާއި 3560 ފިރިހެން ކުދިން
  • 18 އަހަރާއި 64 އަހަރާ ދެމެދުގެ 3724 އަންހެނުންނާއި 3929 ފިރިހެނުން
  • 65 އަހަރުގެ މަތި 1060 އަންހެނުންނާއި 1247 ފިރިހެނުން

މުޅި ޖުމްލަ 6323 އަންހެން އަދި 8736 ފިރިހެނުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ 2000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ. އަދި، 2023 ވަނަ އަހަރު އެ އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ޝެއާ

ކޮމެންޓު