ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 94 / 179

ޙަބަރު

މުވައްޒަފުންނަށް ގަވާއިދުން ފެންޝަން ފައިސާ ޖަމާނުކުރެވެނީ މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދޭންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެފި އެވެ. ވެމްކޯއިން ބުނި ގޮތުގައި އެކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދެމުންދަނީ އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ލިބޭ މާލީ އެހީންނެވެ. އެކަމަކު، ބައެއް ފަރާތްތަކުން ވެމްކޯގެ ހިދުމަތްތައް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން އެކުންފުނިން […]

ޙަބަރު

ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާތީ ސަމާލުވުމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން ނިންމާފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އޮން އެރައިވަލް ވިސާ ދިނުން އެ މުއްދަތުގައި މެދުކަނޑާލަނީ، އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެންނެވެ. […]

ޙަބަރު

އެސްޓީއޯގެ ހުރިހާ ފާމަސީއެއް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ދަށަށް ބަދަލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޮރްގޭނިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. . އެސްޓީއޯއިން މިހާރު ހިންގަމުންދާ 196 ފާމަސީ ބޭސްކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު އެތަންތަނުގައި މަސައްކަތްކުރަމުންދާ 600 މުއައްޒަފުން ވެސް ބޭސް ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ. “ހިރިޔާ”އާ ވާހަކަދައްކަވަމުން އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު ވިދާޅުވީ […]

ޙަބަރު

ފުލުހުން ކުރިއަށް ގެންދާ ‘އަލިމަގު’ އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާ 4 ބޮޑުން އަތުލައިގަނެފި އެވެ. އަލިމަގު އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ދަށުން މިއަހަރު ޖަނަވަރީ 11 ގައި ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. […]

ޙަބަރު

ލޯކަލް ކައުންސިލް އިންތިހާބުގެ ނިންމުންތަކުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ. މި ދުވަސްވަރަކީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެކެވެ. މި އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށް އޭސީސީން […]

ޙަބަރު

ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށިތާ ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ. ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައި ވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އަދި ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ އެތަނުގައި ރާއްޖޭގެ ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެ އެވެ. އެމްއޭސީއެލުން ބުނިގޮތުގައި ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު […]

ޙަބަރު

ސަރުކާރުގެ ޓެކްސީލައިންގައި މަސައްކަތްކުރާނެ ޕާޓްޓައިމް ޑްރައިވަރުން ހޯދުމަށްޓަކައި ވޯކްއިން އިންޓާވިއު އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ވޯކިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10 އަކުން ހަވީރު 6 އަށެވެ. މި އިންޓަވިއު އޮންނާނީ މާފަންނު ބަސްޓާމިނަލުގައެވެ. މި އިންޓާވިއުއަށް ހާޒިރުވާއިރު ކޮންމެ ކެޑިޑޭޓަކު ވެސް އައިޑީ ކާޑާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ގެންނަންޖެހޭނެއެވެ. ސަރުކާރުން ޓެކްސީ […]

ޙަބަރު

ސްޓޫޑެންޓް ލޯނުގެ ގޮތުގައި ސަރުކާރުން މިހާތަނަށް 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގޮތުގައި ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2024 ވަނަ އަހަރާއި 2025 އަހަރާ ދެމެދުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. މިދިޔަ އަހަރު 549 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާ އަންނަ މަހުގެ 5 ގައި ބާއްވަން ތާވަލުކޮށްފި އެވެ. އެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވަވާނެ ދުވަހެވެ. މަޖިލީހުން ބުނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މިއީ ރައީސް ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ފަހުން ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. . ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން […]

ޙަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކޮށްފިއެވެ. އެކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައެވެ. ޕީސީބީން ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ޝަމާހް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު 7 ގައެވެ. އެއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ […]

ޙަބަރު

ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި […]