ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 95 / 179

ޙަބަރު

މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. […]

ޙަބަރު

ވައި ނުސާފުވުމުގެ ސަބަބުން ވައިގެ ދަތުރުކުރުތަކަށް ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ދުވަސްވަރެއްގައި ވައިގެ ދަތުރުފަތުރުތައް ރައްކާތެރި ކުރުމަށްޓަކައި ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން […]

ޙަބަރު

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައިވާ މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ. އެ ކޯޓުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 5680 ގަޒިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 10.46 އިންސައްތަ އިތުރު އަދަދެކެވެ. 2024 ވަނަ އަހަރުގައި ރަޖިސްޓާކޮށްފައި ވަނީ 5142 ގަޒިއްޔާއެވެ. މިދިޔަ އަހަރު 6718 ގަޒިއްޔާ ނިންމާފައިވެ އެވެ. 2024 އާ އަޅާބަލާއިރު 23.68 އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު […]

ޙަބަރު

ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރިއަށް ގެންދަމުން ނެވެ. އެގޮތުން މިހާރު 48 މީޓަރަށް ޝީޓް ޕައިލިން އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެއިތުރުން، ޕެޑެސްޓްރިއަން ލޭން ޕޭވިން އެޅުމުގެ މަސައްކަތް […]

ޙަބަރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 87 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، 55 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 87 އިންސައްތަ އެވެ. އެމްއޭސީއެލުން މި މަސައްތަކް ކުރިއަށް ގެންދަނީ 22000 ކިއުބިކް މީޓަރުގެ […]

ޙަބަރު

ރަށްތައް ތަރައްގީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭގޮތަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ހިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ރޭގައި ބޭއްވި ”މަގޭ ދަރަވަންދޫ އެވޯޑު 2025” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވަނީ ކޮންމެ ރަށަކީ ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި […]

ޙަބަރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 922 ބިދޭސީއަކު މިދިޔަ ދެ އަހަރު ތެރޭ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ޕީއެންސީގެ މައި ހަރުގެ ތަރައްގީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަޔޯމެޓްރިކްސް ލިބިފައިނުވާ އަދި ގަވާއިދާ ހިލާފަށް މަގުމަތީގަ އުޅޭ ބިދޭސިން އެމީހުންގެ ގައުމަށް ނޮވެމްބަރު 15 އިން އިން ފެށިގެން ފޮނުވާލާނެ ކަމަށް ރައީސް ވަނީ މީގެކުރިން […]

ޙަބަރު

ގައުމީ ތަރައްގީއަށްޓަކައި ޕީއެންސީގެ ކެޑިޑޭޓުންނަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވަމުން، ލޯކަލް އަދި ސިޓީއެއްގެ ލެވެލްގައި ދޭންޖެހޭ އެއްބާރުލުން ހިތާ ރޫހުން ދެއްވާނީ ޕީއެންސީގެ މެންބަރުން ކަމަށް ރައީސް ޔަގީންކަން ދެއްވާފައިވެއެވެ. މި […]

ޙަބަރު

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާ 1 ގައެވެ. މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް […]

ޙަބަރު

އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ. އީސީން މިއަދު އާއްމުކުރި ލިސްޓުގައި ވާގޮތުން މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓު ލުމުގެ ހައްގުލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އީސީން ބުނީ ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުގެ […]

އަޕްޑޭޓު
ޙަބަރު

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވާޑް އަށް ކުރިމަތި ލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ. މި އެވޯޑަކީ ކޮންމެ އަހަރަކު ވެސް މެއި 31 ވަނަ ދުވަހުގައި (ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް) ފާހަގަ ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދޭ އިނާމެކެވެ. މި އެވޯޑް ދިނުމުގެ މަގުސަދަކީ، ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ފަރާތަކުން ކުރަމުންދާ މަސައްތަތުގެ އަގު ވަޒަންކޮށް، އެ މަސައްކަތުގައި ދެމިތިބުމަށް […]

ޙަބަރު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގައި 621 ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. މި އަހަރުގެ އޭޕްރިލް ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު އިއްޔެ ވަނީ އާންމުކޮށްފައެވެ. މި އިންތިހާބުގައި ޖުމްލަ 225 […]