ޙަބަރު

ފޭސް 3 ބިން ހިއްކުން: މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ފޭސް 3 ބިން ހިއްކުން: މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 87 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، 55 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 87 އިންސައްތަ އެވެ.

އެމްއޭސީއެލުން މި މަސައްތަކް ކުރިއަށް ގެންދަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީ ހުރި ދެ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.

އެމްއޭސީއެލުން ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެހެންނަމަވެސް، މި މަސައްކަތް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހުއްޓިފައި އޮތުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ވަނީ އަލުން ފަށާފަ އެވެ.

ޝެއާ

ކޮމެންޓު