ޙަބަރު

ގަވާއިދާ ހިލާފަށް އުޅޭ 922 ބިދޭސީން ޑީޕޯޓުކޮށްފިން: ރައީސް

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ގަވާއިދާ ހިލާފަށް އުޅޭ 922 ބިދޭސީން ޑީޕޯޓުކޮށްފިން: ރައީސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 922 ބިދޭސީއަކު މިދިޔަ ދެ އަހަރު ތެރޭ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ޕީއެންސީގެ މައި ހަރުގެ ތަރައްގީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަޔޯމެޓްރިކްސް ލިބިފައިނުވާ އަދި ގަވާއިދާ ހިލާފަށް މަގުމަތީގަ އުޅޭ ބިދޭސިން އެމީހުންގެ ގައުމަށް ނޮވެމްބަރު 15 އިން އިން ފެށިގެން ފޮނުވާލާނެ ކަމަށް ރައީސް ވަނީ މީގެކުރިން އިއުލާނުކުރައްވާފަ އެވެ. އެކަމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިއްޔެއާ ހަމައަށް ރާއްޖޭގައި ފިލައިގެން އުޅޭ 362 ބިދޭސިން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރިޕޭޓްރިއޭޓްކުރެވުނު މީހުންނާއެކު، މިދިޔަ ދެ އަހަރު ތެރޭގައި ޖުމްލަ 922 ބިދޭސީން ފޮނުވާލެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ގަވާއިދާ ހިލާފަށް ހިންގަމުންދާ ސާޖު ޕާލާތައް ބަންދުކުރުމުގެ މަސައްކަތަށް ވެސް ރައީސް ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 9 އިން ފެށިގެން އިއްޔެއާ ހަމަޔަށް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 104 މަސާޖް ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. .

“މި ތަންތަނަކީ ހާދަ ބައިވަރު ތަންތަނޭ. މި ތަންތަން ހިނގީ ގައިމުވެސް މުޖުތަމައުގެ ތެރޭގައި މިކަމަށް ފުރުސަތު އޮތީމަ. އެހެންވީމަ އަޅުގަނޑުމެން އެންމެން އެބަ ވާން ޖެހޭ މި ގައުމުގައި ހުރި ނުބައި އާދަތައް ނައްތާލުމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަ ބަޔަކަށް ވާން.” ރައީސް ވިދާޅުވި އެވެ.

ޝެއާ

ކޮމެންޓު