ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 96 / 179

ޙަބަރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، ދައުރު ހަމަވާތީ، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖަނަވަރީ 21، 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން […]

ޙަބަރު

ސިވިލް ސާވީސް މުއައްޒަފުންނަށް ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް ފަސޭހަ ކޮށްދިނުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައު އުސޫލެއް ނެރެފި އެވެ. ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ މި އައު އުސޫލުގައި ޗުއްޓީއަަށް އެދޭ މުއައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ކަނޑައަޅާފައިވެއެވެ. މިފަދައިން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފައި ވަނީ ކުރީގެ އުސޫލުގައި މި ޗުއްޓީ ހޯދުމަށް މުއައްޒަފުން އެމީހެއް ވަޒީފާ […]

ޙަބަރު

ރާއްޖޭގެ ބައެއް ސަރަހައްތުތަކަށް ވަރަށް ވައި ނުސާފުކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓުން ނެރުނު އިއުލާނުގައި ހާއްސަކޮށް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މިއީ ވޭތުވެ ދިޔަ 7 ދުވަހަށް ބަލާއިރު، މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މިއަދު ކަމަސް މެޓުން ބުނެފއިވެއެވެ. މޫސުމާ ބެހޭ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މެދު ރާއްޖެތެރޭގައި ދުރު ފެންނަ […]

ޙަބަރު

7 ރަށެއްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. ދ. ބަނޑިދ،ޫ ހއ. ވަށަފަރު، ގއ. ކަނޑުހުޅުދޫ، ނ. ހެނބަދ،ޫ ނ. ހޮޅުދޫ، ނ. މާޅެންދޫ، އަދި ރ. އަލިފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީއާ ހަވާލުކޮށްފައެވެ. ހައުސިން މިނިސްޓަރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތްތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ މެނޭޖިން […]

ޙަބަރު

ގދ. ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫއާއި ހއ. އިހަވަންދޫ އާޓިފިޝަލް ބީޗް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އަހުމަދު ސައުދީ އެވެ. ހއ. އިހަވަންދޫ އާޓިފިޝަލް ބީޗް ހެދުމުގެ މަޝްރޫއުގެ ދަށުން، ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުމާއ،ި 46 މީޓަރުގެ މޫދުތެރެއަށް ވާގޮތަށް ބޭރުތޮއްޓެއް ލުމާއ،ި 80 […]

ޙަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން، ސައިޓް އޭގެ 64 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސައިޓް އޭގައި އްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މީގެތެރެއިން މިހާރު 64 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ. މިއީ މުޅި […]

ޙަބަރު

އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. މި މުއާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ […]

ޙަބަރު

މޯލްޑިވްސް ޒާކާތު ފަންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި، ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެމްއެމްއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި އެއްބަސްވުމުގައި ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ، ޕަބްލިކް އެކައުންޓާއި ވަކިން އެމްއެމްއޭގައި ގާއިމުކުރާ ފަންޑެއްގަ އެވެ. މިކަމުގެ ސަބަބުން، އިތުބާރު ކުރެވޭ ނިޒާމެއްގެ ދަށުން، ރައްޔިތުންނަށް ޔަގީންކަން […]

ޙަބަރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާ ބޭނުންކޮގެން އަމީން އެވެނިއު އިން ޕެންޓް ހައުސް އެއް، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް މައްސަލައިގައި އަމީން ކޮންސްޓަރަކްޝަން ސަލާމާތްވާ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައުކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ. އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިމަހުގެ 4 ވަނަ ދުވަހު ކްރިމިނަލް […]

ޙަބަރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހައް ނިންމާނެ ކަމަމުގެ ޔަގީންކަން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ދެއްވައިފި އެވެ. އެމްޑީ މިފަދައިން ވިދާޅުވެފައި ވަނީ ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވާފަ އެވެ. މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް […]

ޙަބަރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހއ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލުން އިއްޔެ ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ. މަޝްރޫއު ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރާއެކު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް […]

ޙަބަރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސަކަށް ޑރ. އައިޝަތު ރަމީލާ އައްޔަނުކުރުމަށް މަޖިލީހުން މިއަދު ރުހުންދީފި އެވެ. ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ކުރީގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ، އެޗްއާރްސީއެމްގެ ރައީސަކަށް އައްޔަނު ކުރުމަށް ރުހުން ދީފައެވެ. ރަމީލާ އެ ކޮމިޝަނަށް އައްޔަނުކުރަން ރުހުން ދީފައިވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ. އެޗްއާރުސީއެމްގެ މެންބަރުކަަމަށް ރަމީލާ އައްޔަނުކުރަނީ، އެ ކޮމިޝަންގެ ރައީސްގެ […]