ޙަބަރު

ސިވިލް ސާވީސް މުއައްޒަފުންނަށް ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް ފަސޭހަ ކޮށްދެނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ސިވިލް ސާވީސް މުއައްޒަފުންނަށް ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް ފަސޭހަ ކޮށްދެނީ

ސިވިލް ސާވީސް މުއައްޒަފުންނަށް ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް ފަސޭހަ ކޮށްދިނުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައު އުސޫލެއް ނެރެފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ މި އައު އުސޫލުގައި ޗުއްޓީއަަށް އެދޭ މުއައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ކަނޑައަޅާފައިވެއެވެ.

މިފަދައިން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފައި ވަނީ ކުރީގެ އުސޫލުގައި މި ޗުއްޓީ ހޯދުމަށް މުއައްޒަފުން އެމީހެއް ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ އެވެ. މިކަމުގެ ހައްލެއްގެ ގޮތުން މުއަައްޒަފުން ސީދާ ސިވިލް ސާވީސް ކޮމިޝަނަށް ޗުއްޓީއަށް އެދި ހުށައެޅާގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

މުވައްޒަފުން ޗުއްޓީއަށް އެދި ހުށަހަޅާ އިރު، ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސްކުރިން ކަމާގުޅުންހުރި ލިޔެކިޔުންތަކާއެކު “ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު” މެދުވެރިކޮށް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

ޝެއާ

ކޮމެންޓު