ޙަބަރު

7 ރަށެއްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
7 ރަށެއްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

7 ރަށެއްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ދ. ބަނޑިދ،ޫ ހއ. ވަށަފަރު، ގއ. ކަނޑުހުޅުދޫ، ނ. ހެނބަދ،ޫ ނ. ހޮޅުދޫ، ނ. މާޅެންދޫ، އަދި ރ. އަލިފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީއާ ހަވާލުކޮށްފައެވެ.

ހައުސިން މިނިސްޓަރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތްތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް
އިސްމާއިލް ހަމީދެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އަހުމަދު ސައުދީ އެވެ.

މި ރަށްތަކުގެ ބިން ހިއްކުމަކީ ރަށްތަކުގެ އިގްތިސާދު އިތުރަށް ފުޅާކުރަން ބޭނުންވެފައި ތިބި މީހުންނަށް ވަރަށް ގިނަ ފަހި ފުރުސަތުތަކެއް ލިބޭނޭ ކަމެއްކަމަށާއި ގޮނޑުދޮށް ހިމާޔަތްކޮށް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބޭނެކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައްތަކުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަގުތަކާއި މަޝްރޫ ނިއްމަންޖެހޭ މުއްދަތު:

  • ރ. އަލިފުށި- 4 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން ޖެހޭ
  • ނ. ހެނބަދޫ- 91.94 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން ޖެހޭ
  • ނ. ހޮޅުދޫ- 103.28 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން ޖެހޭ
  • ނ. މާޅެންދޫ- 63.62 މިލިއަން ރުފިޔާއަށް 160 ދުވަސްތެރޭ ނިންމަން ޖެހޭ
  • ދ. ބަނޑިދޫ- 221.95 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން ޖެހޭ
  • ހއ. ވަށަފަރު- މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން ޖެހޭ
  • ގއ. ކަނޑުހުޅުދޫ- މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމަން ޖެހޭ

ތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. އެހެންކަމުން މި މަޝްރޫއުތައް ވެސް އެމްޓީސީސީ އިން ފުރިހަމައަށް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ އެމްޑި ދެއްވާފައިވެއެވެ.

ޝެއާ

ކޮމެންޓު