ޝަރުތު ހަމަވާ 39 މީޑިއާއަކަށް ފައިސާ ދޭން މޯލްޑީވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވައިފި އެވެ. މީޑިއާ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން މީޑިއާތަކަށް ދޫކުރާ މާލީ އެހީ ހޯދުމަށް އެދި ހުށަހެޅި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވި 40 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް މިވަގުތު ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ފޮނުވާފައިވާކަމަށެވެ. ސަރުކާރުން މީޑިއާތަކަށް ދޫކުރާ މާލީ އެހީ ހޯދުމަށް އެދި ހުށަހެޅި މީޑިއާތަކުގެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
މިއަދު ފުލުހުން ސަނީ އުމަރު ހާޒިރުގައި އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކޮށްފި އެވެ. ސަނީ އުމަރުގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްތަކައި ފުލުހުން ވަނީ، އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅުނު ތަން ބަލާ ފާސްކޮށްފައެވެ. އޭނާ ދިރިއުޅުނުތަން ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ސަނީ އުމަރު ކާރަށް އެރުވުމަށް ތިރިއަށް ބޭލި ވަގުތު، އެގޭގައި ދިރިއުޅޭ މީހުން ހަމަލާދޭ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ވެސް ވަނީ ސޯޝަލްމީޑިއާގައި ދައުރުވެފައެވެ. ސަނީ […]
ބޮޑުތަކުރުފާނު މަގުގެ އެންކާ ބްލޮކް އެޅުމުގެ މަސައްކަތް ފަށައިފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި އެންކާ ބްލޮކް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މީގެއިތުރުން އެ މަގުގެ ކާބްސްޓޯން އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ 85 އިންސައްތަ ނިންމާލާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އާ ވޭސްޓް ވޯޓާ […]
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން، ސައިޓް އޭގެ 56 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސައިޓް އޭގައި އްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މީގެތެރެއިން މިހާރު 56 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ. މިއީ މުޅި މަޝްރޫއުގެ […]
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، އެމްޓީސީސީއިން ވަނީ މިހާތަނަށް ވަނީ 187,478 އަކަމީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފަ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދަށުން ހިލަ ބޭނުންކޮށްގެން 835 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މީގެއިތުރުން […]
ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް އިސްލާހެއް މިއަދު ހުށައަޅައިފިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ވަނީ އިސްލާހެއް ހުށައަޅާފައެވެ. އަދި މަޖިލީހުގެ 20 ވަނަ ދައުރު ކުރު ކުރުމަށް މި އިސްލާހުގައި ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށައަޅުއްވާފައި ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ. މި ބިލުގައި ބުނެފައިވާ ގޮތުގައި މި ފަދައިން ރިޔާސީ އިންތިހާބު އެއްކޮށްލައި، މަޖިލީހުގެ ދައުރު ގުނުމުގެ […]
މާދަމާ ދިއްދޫ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށާނެ ކަމަށް މޯލްޑިވެސް އެއާޕޯޓް ކޮމްޕަނީ (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖާ ވަނީ ދިއްދޫއަށް ގެންގޮސްފައެވެ. މި ދްރެޖާގައި46000 ސީބީއެމް ހުންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި މަޝްރޫއުގައި ޖުމްލަކޮށް ހިއްކަން ޖެހެނީ 102.73 ހެކްޓަރެވެ. ރައީސް އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެއާޕޯޓަކަށް ދިއްދޫ […]
ރާއްޖޭގެ ސިޔާސަތުތައް ބިނާވެފައި ވަނީ އޯގާތެރިކަމުގެ މައަޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ‘ވޯލްޑް ބްރައިލް’ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީނުކޮށް، ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ކަންކަން ކުރުމުގައި ބައިވެރިވެވޭނެ ފަދަ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ޕޯސްޓުގައި ބްރައިލް ދުވަހެއް ފާހަގަ ކުރުމުގެ މުހިންމެކަމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުގެނުމުގެ ފުރުސަތުތަކާއި، […]
ފުރީލޭންސާސްއަށް ހާއްސަކޮށްގެން އުފައްދާފައިވާ ޓާސްކިން އެޕް ރާއްޖެގައި ލޯންޗްކޮށްފި އެވެ. މި އެޕަކީ ފުރީލޭންސާސްއަށް ހާއްސަކޮށްގެން ރާއްޖޭގައި ލޯންޗްކޮށްފައިވާ އެޕެކެވެ. މި އެޕް މިހާރު، އެޕް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ލިބެން ހުންނާނެ ކަމަށް މި އެޕްގެ އުފެއްދުންތެރިން ވަނީ ބުނެފަ އެވެ. މި އެޕަކީ އެތައްދުވަހެއްގެ ބުރަމަސައްކަތުން ދިވެހީންނާ ހަމައަށް ގެނެސް ދެވިފައިވާ އެޕެއްކަމަށާއި އެތައް ‘ޓްރެއިލް އެންޑް އެރާ’ އަކަށް ފަހު ގެނެސްފައިވާ މި އެޕުން އެތައް ދިވެހިންނަކަށް ލާބައާ މަންފާ ލިބިގެންދާނެކަމަށް […]
ހުޅުމާލެ ފޭސް3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 77.78 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ. އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، 49 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށް ބުނެފައިވެ […]
ޕީޕަލް ނޭޝަން ކޮންގްރެސް (ޕީއެންސީ) ގައި 70،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެލެކްޝަން ކޮމިޝަނުން (އީސީ) ނެރެފައިވާ ލިސްޓުން ހާމަވެއްޖެ އެވެ. 2025 ޑިސެންބަރު 31 ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން 74048 މެންބަރުންނާއެކު އެންމެ ގިނަ މެންބަރުން ތިބި ޕާޓީ އަކީ ޕީއެންސީ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ވުރެ […]
ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެކަމުގެ ޔަގީންކަން ދެއްވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. މިނިސްޓާ މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުން އަލަށް ކުރިއަށް ގެންދަން ފެށި ‘ތަރުޖަމާނު ޕޮޑްކާސްޓް’ ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުން ރާއްޖޭގައި ހުރި އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތަކަށް ކާމިޔާބުކަމާއެކު ހައްލު ހޯދާ ދިނުމަށް […]











