ޙަބަރު

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އިތުރު

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އިތުރު

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައިވާ މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

އެ ކޯޓުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 5680 ގަޒިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 10.46 އިންސައްތަ އިތުރު އަދަދެކެވެ. 2024 ވަނަ އަހަރުގައި ރަޖިސްޓާކޮށްފައި ވަނީ 5142 ގަޒިއްޔާއެވެ.

މިދިޔަ އަހަރު 6718 ގަޒިއްޔާ ނިންމާފައިވެ އެވެ. 2024 އާ އަޅާބަލާއިރު 23.68 އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު ނިންމާފައި ވަނީ 5432 ގަޒިއްޔާއެވެ.

މީގެއިތުރުން، އިޖުރާއީ ނިންމުމާއި އިހުތިސާސްއާ މެދު  މިދިޔަ އަހަރުގެ ތެރޭގައި 126 މައްސަލައެއްގައި ގޮތް ނިންމާފައިވެ އެވެ. އަދި ވަގުތީ އަމުރުތަކާ މެދު 166 މައްސަލައެއްގައި ގޮތް ނިންމާފައިވެ އެވެ.

ސިވިލް ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ 17 ގާޒީންނެވެ. އެހެންވެ، ކޮންމެ ގާޒީއަކު މިވަނީ 395 އަށް ވުރެ ގިނަ މައްސަލަތައް ނިންމަވާފައިވެ އެވެ.

ޝެއާ

ކޮމެންޓު