ޙަބަރު

ބަންގްލަދޭޝްއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ބަންގްލަދޭޝްއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަނީ

ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާތީ ސަމާލުވުމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން ނިންމާފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އޮން އެރައިވަލް ވިސާ ދިނުން އެ މުއްދަތުގައި މެދުކަނޑާލަނީ، އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެންނެވެ.

އެހެންވެ، އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ބަންގްލަދޭޝް ހައިކޮމިޝަން ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982ގަ އެވެ. ވިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުމަށް ނުވަތަ mission.male@mofa.gov.bd އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޝެއާ

ކޮމެންޓު