ޙަބަރު

ހަ ދުވަހުގެ ތެރޭގައި 67 އެކްސިޑެންޓް ހިނގައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ހަ ދުވަހުގެ ތެރޭގައި 67 އެކްސިޑެންޓް ހިނގައިފި

ހަ ދުވަހުގެ ތެރޭގައި 67 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 4 އިން 10 އާ ހަމައަށް 67 އެކްސިޑެންޓް ހިނގާފައި ވެ އެވެ.

މި ދުވަސްތަކުގެ ތެރެއިން ވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ޖެނުއަރީ ހަވަނަ ދުވަހުގައެވެ. އެ ދުވަހު13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 12 އެކްސިޑެންޓާއެކު ދެ ވަނައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ޖެނުއަރީ 7 ގައެވެ.

މީގެތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ދުވާލު ގަޑިގަކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ދެ ސައިކަލި ޖެހިގެން 19 އެކްސިޑެންޓެއް އަދި ކާރާ ސައިކަލާ ޖެހިގެން ވެސް 19 އެކްސިޑެންޓެއް މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގެ ތެރެއިން ރިޕޯޓްކޮށްފައިވާ އެކްސިޑެންޓް ތަކުގެ ތެރެއިން އެއް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ދެންހުރި އެކްސިޑެންޓްތަކުގައި އެހާ ބޮޑުއަނިޔާތަކެއް ވެފައި ނުވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މަގުމަތީގައި ދުއްވާ ފަރާތްތަކުން މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮން ހިތައި، މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފަރުދީ ޒިންމާ ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.

ޝެއާ

ކޮމެންޓު