ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ކުންފުނިތަކުން، ބިދޭސިން މަސައްކަތް ކުރާ ސައިޓްތަކުގެ ހުއްދަ އާކުރަން މިނިސްޓަރީ އޮފް ހޯމްލޭންޑް ސެކުރިޓީން ބުނެފިއެވެ. އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އެ ވުޒާރައިން މަސައްކަތް ކުރަމުންދާ ކަަމަށް ބުނެފައިވެއެވެ. މިގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ބިދޭސީން ގެނައުމަށް، ޕްރޮޖެކްޓް އުސޫލުން ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ބޭސްތަކެއް ވިއްކާ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭގެ) ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އެމްއެފްޑީއޭއިން ބުނިގޮތުގައި މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގުލުޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި […]
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ ވެސް ޝައުބާން އެއް ވަނަ ދުވަސް ފާހަގަ ކުރަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުއެވެ. މި ދުވަހާ ގުޅުވައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރައިން 965 ވަނަ އަހަރު ޝައުބާން މަހުގެ […]
ސަރުކާރުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ބިމާއި ފުލެޓަށް އެދި މިހާތަނަށް 518 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. އެގޮތުން ފުލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިމަށް އެދި 119 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. މިއާއެކު، ޑުރާފްޓް ސްޓޭޖްގައި 3،836 އެޕްލިކޭޝަން އުޅޭކަމަށް އެތަފާސްހިސާބުތަކުން ދައްކައެވެ. […]
މާލޭގެ މޭޔަރަކަށް ހޮވަންޖެހޭނީ ސަރުކާރުން ރާވާ ތަރައްގީއަށް އެއްބާރުލުން ދޭނެ ކެޑިޑޭޓެއްކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މޫސާ އަލީ ޖަލީލަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހިދުމަތާއި، ސްޕީޑަގާ އެއްވަރަށް މަސައްކަތް ކުރައްވާނެ ބޭފުޅެކެވެ. […]
މާލޭގެ މޭޔަރުކަމަށް ހޮވައިފިނަމަ ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ. އޭނާ މިފަދައިން ވިދާޅުވެފައި ވަނީ އޭނާގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި އޭނާ ދެއްކެވި ވާހަކައިގައި ވަނީ ރައީސް. ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން 2011 އިން ފެށިގެން 10 އަހަރު […]
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފި އެވެ. މިއީ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށް ހެލްތް މިނިސްޓަރީން ބުނެފައިވެ އެވެ. 65.3 މިލިއަން ރުފިޔާ އަށް އެމްބިއުލަންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް […]
ހުމާއި އަރުދަފުސް ރޯގާ ޖެހިފައިވާ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކުލިނިކެއް އައިޖީއެމްއެޗުން ހުޅުވާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. މި ކްލިނަކަށް ދާ ހުރިހާ މީހުން ފުރަތަމަ އީ.އާރް ޓްރައިޖަށް ދިއުމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އަދި ކިއުބީން ޓޯކެން ސިސްޓަމުން ފުލޫ ކްލިނިކްގެ ޓޯކެން ނަންބަރެއް ނެގުމުން ފުލޫ ކުލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށްދިއުމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. ފުލޫ ކުލިނިކް ގެ […]
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާނެ ކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ހަނދާންކޮށްދީފި އެެވެ. އަންނަ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް މިއަދުގެ މެންދުރު 12 އާ ހަމައަށް 639 ޝަކުވާއެއް ލިބިފައިވާ ކަން އީސީން ވަނީ ބުނެފަ […]
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި އެ އިދާރާގެ ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށް ފްލެޓާއި ބިމަށް އެދި ފޯމް ހުށައެޅުމަށް މިހާރު ހުޅުވާލާފައި ވާ ކަމަށް ވަނީ އިއުލާންކޮށްފައެވެ. އެޕްލިކޭޝަން ހުށައެޅޭނެ ސުންގަނޑިތައް: ބިން- 18 ޖެނުއަރީ އިން 4 މާރޗް ރޭގަނޑު 11:59 ގެ ނިޔަލަށް ފްލެޓް- 18 ޖެނުއަރީ އިން 17 އެޕްރިލްގެ […]
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ރެޖިސްޓްރީއަށް 779 ޝަކުވާ ހުށައަޅާފައިވާ ކަމަށް އެލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ސުންގަނޑި ވަނީ މިއަދު މެންދުރު ފަހު 3 އަކަށް ހަމަވެފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް އީސީން ދިން ފުރުސަތުގައި779 ޝަކުވާ ހުށައަޅާފައިވެ އެވެ/ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ […]
ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށްޓަކައި ބާއްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ކުރިއަށް ގެންދާ ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އެމްޓީސީސީން މިއަދު ކުރިއަށް ގެންދާ އިންޓާވިއު އަކީ ސަރުކާރުގެ ޓެކްސީލައިންގައި މަސައްކަތްކުރާނެ ޕާޓްޓައިމް ޑްރައިވަރުން ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ވޯކިން އިންޓަވިއުއެކެވެ. މި އިންޓަވިއުއަށް މިއަދު ވަރަށް ގިނަ ބަޔަކު ގޮސްފައިވެއެވެ. އެމްޓީސީސީން ކުރިން ބުނިގޮތުގައި މި އިންޓާވިއު ކުރިއަށް ދާނީ މި އަދު […]











