ޙަބަރު

އެމްޓީސީސީ ވޯކިން އިންޓަވިއު ވަރަށް ކާމިޔާބު!

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އެމްޓީސީސީ ވޯކިން އިންޓަވިއު ވަރަށް ކާމިޔާބު!

ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށްޓަކައި ބާއްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ކުރިއަށް ގެންދާ ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެމްޓީސީސީން މިއަދު ކުރިއަށް ގެންދާ އިންޓާވިއު އަކީ ސަރުކާރުގެ ޓެކްސީލައިންގައި މަސައްކަތްކުރާނެ ޕާޓްޓައިމް ޑްރައިވަރުން ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ވޯކިން އިންޓަވިއުއެކެވެ. މި އިންޓަވިއުއަށް މިއަދު ވަރަށް ގިނަ ބަޔަކު ގޮސްފައިވެއެވެ.

އެމްޓީސީސީން ކުރިން ބުނިގޮތުގައި މި އިންޓާވިއު ކުރިއަށް ދާނީ މި އަދު ހެނދުނު 10 އަކުން ހަވީރު 6 އަކާހަމައަށެވެ. މި އިންޓަވިއު ކުރިއަށް ދަނީ މާފަންނު ބީޗްގައެވެ.

މި އިންޓާވިއުއަށް އަންނަ އިރު ކޮންމެ ކެޑިޑޭޓަކު ވެސް އައިޑީކާޑާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ގެންނައުމަށް އެމްޓީސީސީން ވަނީ ކުރިން ބުނެފައެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫއަށް 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ އެވެ. މި ހިދުމަތް ފަށާނީ އަންނަ ފެބްރުއަރީ މަހުގައެވެ.

 

ޝެއާ

ކޮމެންޓު