ޙަބަރު

ސިއްހީ ހިދުމަތްދޭ ތަންތަނަށް 56 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ސިއްހީ ހިދުމަތްދޭ ތަންތަނަށް 56 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފި

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފި އެވެ.

މިއީ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށް ހެލްތް މިނިސްޓަރީން ބުނެފައިވެ އެވެ.

65.3 މިލިއަން ރުފިޔާ އަށް އެމްބިއުލަންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ރާއްޖެއަށް ގެނެސްފައެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ބުނީ މި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ހިދުމަތްވެސް ފެށިގެންދާނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ޝެއާ

ކޮމެންޓު