ޙަބަރު

ވޯޓާސް ލިސްޓަށް 779 ޝަކުވާ ލިބިފައިވޭ

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ވޯޓާސް ލިސްޓަށް 779 ޝަކުވާ ލިބިފައިވޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ރެޖިސްޓްރީއަށް 779 ޝަކުވާ ހުށައަޅާފައިވާ ކަމަށް އެލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ސުންގަނޑި ވަނީ މިއަދު މެންދުރު ފަހު 3 އަކަށް ހަމަވެފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް އީސީން ދިން ފުރުސަތުގައި779 ޝަކުވާ ހުށައަޅާފައިވެ އެވެ/

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.

ވޯޓާސް ލިސްޓަށް ހުށައަޅާފައިވާ ޝަކުވާތަކަކީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީން އުނިކުރުމަށް ލިބިފައިވާ ޝައުއާތަކެއް ކަމަށް އީސީން ބުނެފައިވެއެވެ.

ރެޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ބަދަލުކުރަން ހުށައަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށައެޅުމަށް އީސީން ކުރިން ބުނެފައިވެއެވެ.

ޝެއާ

ކޮމެންޓު