ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 91 / 179

ޙަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ބާއްވާ ރޯދަ ސޭލް ފަށައިފި އެވެ. މި އަހަރުގެ ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސަނުން ފެށި ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ގުޅިގެންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފަށާފައި ވަނީ އިއްޔެ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. […]

ޙަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ މާލޭ އޭރިއާގެ “ދޮރުދޮރަށް ހިނގުން” ހަރަކާތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. “ދޮރުދޮރަށް ހިނގުން” ރަސްމީކޮށް ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައި ޕީއެންސީގެ މައި ޖަގަހައިންނެވެ. މި ހަރަކާތް ފައްޓަވާ ދެއްވާފައި ވަނީ ޕީއެންސީގެ ޕީޖީ ލީޑަރ އަދި ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރ އިބްރާހިމް ފަލާހެވެ. މި ހަރަކާތަކީ ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލާ މޫސާ އަލީ ޖަލީލާއި، […]

ޙަބަރު

3 ރަށެއްގައި އިސްލާމިކް މަރުކަޒު އަޅަން އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 3 ރަށެއްގައި އިސްލާމިކް މަރުކަޒު އަޅަން އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި އެއްބަސްވުމުގެ ދަށުން ފަސްރަށެއްގައި އިސްލާމިކް މަރުކަޒަކާއި މިސްކިތް އަދި ގުރުއާން ސެންޓަރު އެޅުމަށް ހައްތަރު ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ. އެގޮތުން، އިސްލާމީ މަރުކަޒު އެޅުމަށް ހަވާލުކުރި ތިން ރަށަކީ، ޅ. ނައިފަރު، ގއ. ވިލިނގިލި، ހއ. އިހަވަންދޫ އެވެ. […]

ޙަބަރު

ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކުރުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ. 2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ […]

ޙަބަރު

ގާޒާއަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އޭޖެންސީ، އަންރުވާގެ އިމާރާތްތަކަށް އިޒްރޭލުން ހަމަލާދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ ގެ އެޖެންސީތަކެއް ކަމަށްވާ އަންރުވާގެ މައި މަރުކަޒުގައި ހުރި އިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާ ކުށްއްވެރިކޮށްފައެވެ. މި އިމާރާތަކީ އިރުމަތި ޖެރުސަލަމްގެ ޝެއިހް ޖަރަހް ސަރަހައްދުގައި ހުރި އިމާރާތެކެވެ. އިސްރާއީލުން ކުރަމުންދާ މިފަދަ ގައިރު ގާނޫނީ އަމަލުތަކަކީ މިނިސްޓްރީން ބުނިގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ […]

ޙަބަރު

މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ. މިފްކޯގެ ސީނިއަރ މެނޭޖަރ ޕީއާރ، ޝިފްޒާ މުސްތަފާ މީޑިއާތަކަށް ބުނީ އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިފްކޯއިން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުންކަމަށް ޝިފްޒާ މުސްތަފާ ބުނެފައިވެ އެވެ. މީގެ އިތުރަށް 15 ކިލޯއިން މަތީގެ ކަންނެލި […]

ޙަބަރު

ރާއްޖެއަށް ޗާގޯސް ލިބުން ހައްގުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ވަނީ ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ވިދާޅުވެފައެވެ. ޖުމުހޫރީ ދުވަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިނގިރޭސިވިލާތުގެ މޮރިޝަސްއަށް ޗާގޯސް ދިނުމުން […]

ޙަބަރު

މި އަހަރުގެ ފުރަތަމަ 19 ދުވަސްތެރޭގައި 135 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަހަރުގެ ފުރަތަމަ19 ދުވަހުގެ ތެރޭގައި135،555 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު،8.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޔެ އަށް ޒިޔާރައިކޮށްފައި ވަނީ125،339 ފަތުރުވެރިންނެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ރަޝިޔާއިން20،529 ފަތުރުވެރިން އައިސްފައިވެ މިއީ މި […]

ޙަބަރު

ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏެއްގެ ދެ ޑައިރެކްޓަރުންގެ މައްޗަށް ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް، ދައުވާ ކުރަން މީރާއިން ފޮނުވައިފިއެވެ. އެ ދެ ކުންފުންޏަކީ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުންޏެވެ. އެ ދެކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފްގެ މައްޗަށް ދައުވާ އުފުލުމަށް މިހާރު ވަނީ […]

ޙަބަރު

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި، ޑރ. އަލީ ލަތީފުގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގަ ދައުވާ އުފުލައިފި އެވެ. ޓެކުހަށް މަކަރު މި ދައުވާ އުފުލާފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް މީރާ އަށް ރިޕޯޓުކޮށްފައިވާތީ އެވެ. މި މައްސަލައިގައި އެ ދެ ޑޮކްޓަރުންގެ ދައުރު އޮންނަ އައިލެންޑް ހެލްތު […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގެ އިސްލާމް މުގައްރަރު މިޒަމާނުގެ ޖީލަށް ވިސްނޭހެން ފަސޭހަ އިބާރާތުން އަލުން ލިޔަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޒަމާނަށް ފެތޭގޮތަށް އިސްލާމް ފޮތުގެ ވައްޓަފާޅިއާއި ލޭއައުޓް ވެސް ބަދަލު ކުރަން ފެންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް މުގައްރަރުގެ ކޮންމެހެން މުހިންމު ބައިތައް ހިމަނާފަ ގުރޭޑާއި އުމުރާ ގުޅޭ ގޮތަށް […]

ޙަބަރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރެއިން، މިހާރު 62 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 98 އިންސައްތައެވެ. އެމްއޭސީއެލުން މި މަސައްތަކް ކުރިއަށް ގެންދަނީ 22000 ކިއުބިކް މީޓަރުގެ ވެލި […]