ޙަބަރު

ޕީއެންސީގެ މާލޭ އޭރިއާގެ “ދޮރުދޮރަށް ހިނގުން” ރަސްމީކޮށް ފަށައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ޕީއެންސީގެ މާލޭ އޭރިއާގެ “ދޮރުދޮރަށް ހިނގުން” ރަސްމީކޮށް ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ މާލޭ އޭރިއާގެ “ދޮރުދޮރަށް ހިނގުން” ހަރަކާތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

“ދޮރުދޮރަށް ހިނގުން” ރަސްމީކޮށް ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައި ޕީއެންސީގެ މައި ޖަގަހައިންނެވެ. މި ހަރަކާތް ފައްޓަވާ ދެއްވާފައި ވަނީ ޕީއެންސީގެ ޕީޖީ ލީޑަރ އަދި ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރ އިބްރާހިމް ފަލާހެވެ.

މި ހަރަކާތަކީ ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލާ މޫސާ އަލީ ޖަލީލާއި، އެހެން ދާއިރާތަކުގެ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފެށި ހަރަކާތެކެވެ. މި ހަރަކާތުގައި އެންމެ ފުރަތަމަ ދިޔައީ ހުޅުމާލެ ދެކުނުގެ ގެތަކަށެވެ.

މި ހަރަކާތް ފެށުމުގެ ކުރިން މެމްބަރު ފަލާހު ވިދާޅުވީ މިހަރަކާތަކީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ހުރިހާ މެންބަރުންގެ ދޮރުދޮރަށް ހިނގުން ހަރަކާތް ފެށުން ކަމަށެވެ. ލޯކަލް ކައުންސިލްގެ އިންތިހާބަށް ޕީއެންސީގެ ފަރާތުން، ރާއްޖޭގެ އެކި ކަންކޮށްޅުތަކަށް ވަރަށް ގިނަ މެންބަރުން ކުރިމަތިލާ ކަމަށާއި މިއަދު ފަށާފައި މިވާ ދޮރުދޮރަށް ހިނގުން ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ގޮޑިތަަކަށް ކުރިމަތި ލައްވާ އެ ޕާޓީގެ މެންބަރުން ވެސް މިއަދުން ފެށިގެން މި ހަރަކާތް ހުރިހާ ރަށެއްގަ ވެސް ކުރިއަށް ގެންދާނެ ކަމަށް މަޖިލިސް މެންބަރު ވިދާޅުވެފައިވެ އެވެ.

ހަމަމިއާއެކު އޭނާ ވަނީ ޕީއެންސީ އެންމެހާ ކެޑިޑޭޓުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނަމޫނާއަކަށް ބަލައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެގޮތުން، ޕީއެންސީގެ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޫސާ އަލީ ޖަލީލަކީ ރައީސް ނަމޫނާއަކަށް ބައްލަވާ ބޭފުޅެއް ކަމަށާއި މާލެ ރައްތިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބޭފުޅަކަށް ވާނެ ކަމަށް ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިއަދު މިހަރަކާތުގެ ތެރެއިން މޫސާ އަލީ ޖަލީލާއި ފަލާހްގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރުންނާއި، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލެއްވި އަހުމަދު އުބެިއދާއި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އަލައިކާ އަދުނާން ވަނީ ގެތަކަށް ޒިޔާރާތްކޮށްފަ އެވެ.

ޝެއާ

ކޮމެންޓު