ޙަބަރު

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގަ ޑރ. އަލީ ލަތީފާއި ޑރ. އިކުލީލަށް ދައުވާ އުފުލައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގަ ޑރ. އަލީ ލަތީފާއި ޑރ. އިކުލީލަށް ދައުވާ އުފުލައިފި

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި، ޑރ. އަލީ ލަތީފުގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގަ ދައުވާ އުފުލައިފި އެވެ.

ޓެކުހަށް މަކަރު މި ދައުވާ އުފުލާފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް މީރާ އަށް ރިޕޯޓުކޮށްފައިވާތީ އެވެ. މި މައްސަލައިގައި އެ ދެ ޑޮކްޓަރުންގެ ދައުރު އޮންނަ އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އަދި ފައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. މި މައްސަލާގައި ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރީ ޕީޖީން ބުނިގޮތުގައި ދައުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބެލުމަށްފަހު އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތައް:

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް

  • ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ3 ދައުވާ
  • ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދައުވާ

ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން

ޑރ. އަލީ ލަތީފު

  • ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާ
  • އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ހިއްސާ އޮވޭ އަދި ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރޭ
  • ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ވެސް ހިއްސާ އޮވޭ

ޑރ. އިކްލީލް ޝަރީފް

  • ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދައުވާ
  • އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރެއް

މި މައްސަލައިގައި އެ ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުވެ ހުރި އދ. މާމިގިލި، ބޯވެލި، އަލީ ފަޔާޒްގެ މައްޗަށް ވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދައުވާ އުފުލާފަ އެވެ،

 

ޝެއާ

ކޮމެންޓު