ޙަބަރު

ވިލިމާލެ އަދި ހުޅުމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އަޅަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ވިލިމާލެ އަދި ހުޅުމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އަޅަނީ

ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކުރުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލް ދަނީ ކުރަމުން ނެވެ.

ޝެއާ

ކޮމެންޓު