ޙަބަރު

މި އަހަރުގެ ފުރަތަމަ 19 ދުވަސްތެރޭގައި 135 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި!

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މި އަހަރުގެ ފުރަތަމަ 19 ދުވަސްތެރޭގައި 135 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި!

މި އަހަރުގެ ފުރަތަމަ 19 ދުވަސްތެރޭގައި 135 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ފުރަތަމަ19 ދުވަހުގެ ތެރޭގައި135،555 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު،8.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޔެ އަށް ޒިޔާރައިކޮށްފައި ވަނީ125،339 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ރަޝިޔާއިން20،529 ފަތުރުވެރިން އައިސްފައިވެ މިއީ މި އަހަރު މިހާތަނަށް ފަތުރުވެރިން އައި އަދަދުގެ15.1 އިންސައްތައެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިޓަލީންނެވެ. އިޓަލީއިން15،273 ފަތުރުވެރިން އައިސްފައިވެއެވެ.

އެހެނިހެން ގައުމުތަކުން ފަތުރުވެރިން އައި އަދަދު:

  • ޗައިނާ: 9،366 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 8،287 ފަތުރުވެރިން
  • އިންޑިއާ: 4،869 ފަތުރުވެރިން

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން98.7 އިންސައްތަ ފަތުރުވެރިން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފަތުރުވެރިންނަށް ހިދުމައި ދިން ތަންތަނާއި ހިދުމައި ދިން ފަތުރުވެރިންގެ އަދަދު:

  • ރިޒޯޓް- 93،357 ފަތުރުވެރިން
  • ގެސްޓް ހައުސް- 35،381 ފަތުރުވެރިން
  • ހޮޓެލް- 3،722 ފަތުރުވެރިން
  • ސަފާރި- 2،976 ފަތުރުވެރިން

ޖެނުއަރީ19 ގައި ވެސް ރިޒޯޓްތަކުގެ 67 ހާހަށްވުރެ ގިނަ އެނދު ފުރިފައިވާ ކަމަށް މިތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރާއްޖޭގެ ރިޒޯޓުތަކުގ އެނދުގެ ކެޕޭސިޓީއަށް ބަލާއިރު 66 އިންސަތައެވެ. އަދި ގެސްޓްހައުސްތަކުގެ އެނދުތައް ވަނީ 25 އިންސައްތައަށް ފުރިފައެވެ.

ޝެއާ

ކޮމެންޓު