ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 90 / 179

ޙަބަރު

މި އަހަރު ތެރޭގައި މުޅިން އާ 22 މަޝްރޫއެއްގެ މަސައްކަތް ފަށާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ތަރުޖަމާން ހީނާ ވަލޯދު ގެނެސްދެއްވާ “ތަރުޖަމާނާއެކު” ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 160 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެގޮތުން، އެކި މަރުހަލާތަކުގައި 30 އަށް ވުރެ ގިނަ ހޮސްޕިޓަލްތައް އަޅަމުންދާއިރު 20 އަށް ވުރެ […]

ޙަބަރު

ދ.ހުޅުދެލީ ސިއްހީ މަރުކަޒަށް 4900 އަކަފޫޓަށްވުރެ ބޮޑު އައު އިމާރާތެއް އިތުރުކުރުމަށް އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވަނީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު، ސިނާން އަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން 4905 އަކަފޫޓުގެ އިމާރާތެއް ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާނެ އެވެ. މީގެ އިތުރުނ،ް […]

ޙަބަރު

ހއ. ދިއްދޫގެ 41 ހެކްޓަރު ހިއްކާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އެރަށުގައި، އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާނެ ބިން ފޯރުކޮށްދިނުމަށްޓަކައި ފަށާފައިވާ މަޝްރޫއެކެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން […]

ޙަބަރު

ދިވެހި ވަތަނީ ހިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ. ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗަށް ހޮވުނު ބައިވެރިން ތަމްރީނު ހެދުމަށް އިއްޔެ ވަނީ ފުރާފައެވެ. މި ބުރުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެފައިވެއެވެ. ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތިން މަސްދުވަހަށް ކުރިއަށް ގެންދާ މި ޕުރޮގްރާމުގެ ދެވަނަ ބުރުގެ ޓްރެއިނިންއަށް […]

ޙަބަރު

ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ކުރިއެރުމުގެ މައިގަނޑު ބިންގާއަކީ ތައުލީމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ‘އެކްސް’ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާ ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އުނގެނުމުގެ މާހައުލަކީ އެންމެނަށް ބައިވެރިވެވޭ، ޒަމާނާ ގުޅޭ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވަނީ ތައުލީމަކީ ގައުމު ތަރައްގީ ކުރުމުގެ ހިތްކަމުގައި ވިދާޅުވެފައެވެ. […]

ޙަބަރު

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް މިރެއިން ފެށިގެން ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފި އެވެ. މިދިޔަ އަހަރު ވެސް ސަރުކާރުން ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ވަނީ މަސްދަޅުކޭސް ބަހާފަ އެވެ. އެގޮތުން މިއަހަރު ވެސް އެގޮތަށް މަސްދަޅުކޭސް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިރެއިން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރަމުންދާނެ އެވެ. […]

ޙަބަރު

ފަހި ފުލެޓްތަކުގެ ކުނި އުކާލާ ނިޒާމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކި ގްރޫޕުތަކުގައި ދޮގު މައުލޫމާތު ފަތުރަމުންދާތީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަންބޮޑުވުންފާޅުކޮށްފި އެވެ. މިގޮތަށް ކަންބޮޑުވުންފާޅުކޮށް އެ ކުންފުނިން ބަޔާން ނެރުނީ އަމާން ދޯދި ޓަވަރު 1 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެވެ. އެ ހާދިސާ ހިނގީ އެތަނަށް އަޅާފަ ހުރި ކުނިތަކެއްގައި ރޯވެގެން ނެވެ. އެފްޑީސީން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް އެ ކުންފުނިން […]

ޙަބަރު

މޫސާ އަލީ ޖަލީލަކީ އަމާނަތްތެރިކަމާއެކު ސަރުކާރުންގެ މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް މޫސާ އަލީ ޖަލީލް އިހްތިޔާރު ކުރެއްވީ ސަރުކާރުން މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަަތްތަކާއި އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް އަމާނަތްތެރިކަމާއެކު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ކަމަށާއި ރައީސްގެ ހުށައެޅުއްވުން މޫސާ […]

އަޕްޑޭޓު
ޙަބަރު

އަންނަ ރޯދަ މަހު ކިޔާވާދެނީ ފުރަތަމަ ހަފްތާގަ އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން މިމަހުގެ 27 ވަނަ ދުވަހުގައި ފަށާނެ އެވެ. މި ކަލަންޑަރުގައި ސަރުކާރު ބަންދު ދުވަސްތަކާއި ކިޔަވައިދޭ ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށް ލިބޭ ބަންދު ދުވަސްތައް ފާހަގަކޮށްފައިވެއެވެ. މި ކަލަންޑަރުގައި ވާގޮތުން މިއަންނަ ރޯދަ މަހު ކިޔަވާދޭނީ ފުރަތަމަ ހަފްތާގައި އެކަންޏެވެ. އެއީ ފެބްރުއަރީ މަހުގެ […]

ޙަބަރު

މިފަހަރު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަހަރު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ، ހިފްޒުކޮށް ތަރާވީސް ކުރާނެކަމަށާއި މީގެ ތެރެއިން ގިނަވާނީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ހާފިޒުންނެވެ. އަދި މި ރޯދަ މަހުގައި އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު […]

ޙަބަރު

އަތޮޅުތަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ގުރޭޓާ މާލެއަށް ބަދަލުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުން ގުރޭޓާ މާލެއަށް 1،530 ދަރިވަރުން ބަދަލުވެފައިވެ އެވެ. އެގޮތުން އަތޮޅުކުން ހުޅުމާލެއަށް 753 ދަރިވަރުން، އަތޮޅުތަކުން މާލެއަށް 694 ދަރިވަރުން އަދި އަތޮޅުތަކުން ވިލިމާލެއަށް 83 ދަރިވަރުން ބަދަލުވެފައިވެ އެވެ. އަދި މާލެއިން ހުޅުމާލެއަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. މި ތަފާސް ހިސާބުތަކުން […]

ޙަބަރު

މަސައްކަތުގެ މާހައުލުގައި އުޅެމުންދަނިކޮށް ފިޓު ޖެހިގެން ވެއްޓި، މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު މަރުވެއްޖެއެވެ. އެ ކުންފުނިން ބުނީ، މިއަދު މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ފިޓުޖެހި ވެއްޓުނީ ދެ ޓަގު ބޯޓު ދޭތެރެ އަށެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ. އެއީ ގދ. ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހެކެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.