ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 89 / 179

ޙަބަރު

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި ހިންގޭ އިންވެސްޓްމެންޓުތަކުގެ ތެރޭގައި ގޭހާއި ތެލުގެ އިތުރަށް މައުދަން ހޯދުމުގެ މަސައްކަތަށް އިންވެސްޓް ކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިތުރުކުރައްވައިފިއެވެ. އެސްއީޒެޑްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތައް ކަމަށް ރައީސް ވަނީ ކުރިން ކަނޑައަޅުއްވާފައެވެ. އަދި ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް […]

ޙަބަރު

މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އާރްޓީޖީ ކްރޭނުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލްއިން ބުނި ގޮތުގައި، މި ކްރޭންތަކުގެ މެއިންޓެނަންސްގެ މަސައްކަތްކޮށް އަފްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިއްމާފައި ވަނީ ދެ ފިޔަވައްސަކަށް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރޭންތަކުގެ ކޮންޓްރޯލް އަދި ދުއްވާ ނިޒާމްތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމަށް ނިއްމާފައިވާ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. އަދި ދެވަނަ ފޭސް ގައި އިންޖީނު […]

ޙަބަރު

އިލްމީ ފަންނުވެރި ޖީލެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ޝަހީދު އަލީ ސުކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ވެސް މިއަދު ފާހަގަކުރަމުންދާއިރު މިނިސްޓަރު ވިދާޅުވީ، އިލްމީ ފަންނުވެރި މަސައްކަތްތެރި އަހުލާގީ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ އެންމެންގެ ވިސްނުންތެރިކަމާއި ހިދުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި އިލްމުވެރި […]

ޙަބަރު

ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ފަރުޟު ނަމާދުކުރަން ހުރިހާ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވި އެވެ. “ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުމަށް […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރުން އާގުބޯޓުތަކަށް 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ. އެމްޕީއެލުން ބުނިގޮތުގައި ކުރިން މާލެ ބަނދަރަށް ގާތްކުރާ އާގުބޯއްޓުތަކަށް ހިދުމަތް ދެނީ މެންދަމު 12 އިން ހެދުނު 6 އާ ހަމަޔަށެވެ. ނަމަވެސް މިހާރު މި އުސޫލު ބަދަލުކޮށް 24 ގަޑިއިރު ހިދުމަތް ދޭގޮތަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް އެމްޕީއެލުން ނިންމީ ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވުމުންނެވެ. މި ނިންމުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު […]

ޙަބަރު

ހުޅުމާލޭ ފޭސް 2 ގައި ސަރުކާރުގެ ހަރަދުގައި އެޅި ޝަހީދު އަލީ ސުކޫލުގައި މިއަދު ކިޔަވާދޭން ފަށައިފި އެވެ. ޝަހީދު އަލީ ސުކޫލު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ފަސް ފަންގިފިލާއަށް އަޅާފައިވާ މި ސުކޫލުގައި، 32 ކުދިންގެ ޖާގައިގެ 54 ކުލާސްރޫމް ހިމެނެއެވެ. މީގެއިތުރުން، ބޮޑު އޮޑިޓީރިއަމް އަކާއި، ކޮމްޕިއުޓަރު ލެބާއި، ތިން ކެމިސްޓްރީ ލެބާއި، އިންޑޯ ހޯލަކާއި، އައުޓްޑޯ ހޯލެއް ވެސް މި ސްކޫލުގައި ގާއިމްކޮށްފައިވެއެވެ. […]

ޙަބަރު

ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ. ސަރުކާރުގެ 219 ސުކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވެއެވެ. އެގޮތުން ޕްރީސުކޫލުން ގްރޭޑް12އާ ހަމައަށް 80،715 ދަރިވަރުން ސްކޫލުތަކުގައި މިއަހަރު ކިޔަވަމުން ދާނެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވާ ދިނުމަށް 9900 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިނިސްޓްރީން ކުރިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުން ގުރޭޓާ މާލެއަށް 1،530 ދަރިވަރުން […]

ޙަބަރު

މޫސާ އަލީ ޖަލީލު ފަދަ ބޭފުޅެއް ގައުމަށް ގައްދާރު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް މިފަދައިން ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލައްވާ މޫސާ އަލީ ޖަލީލު ނޮވެންބަރު 3 1988 ގައި ވެވަޑައިގެންނެވި ގުރުބާނީއާއި ދެއްކެވި ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި އެ ފަދަ ބޭފުޅެއްގެ ހިތުގައި ގައުމަށްޓަކައި އޮންނާނެ ލޯތްބާއި، އެފަދަ […]

ޙަބަރު

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 15:00 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ހުށަހެޅި […]

ޙަބަރު

ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފިއެވެ. މި މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު ޢަބްދުﷲ ގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ ޝުއައިބު ޓީޗަރެއްގެ ގޮތުގައި ހުރެ، އޭނާ މަސައްކަތްކުރި ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މި މަހުގެ 21 ވަނަ ދުވަހު އޭނާގެ މައްޗަށް 5 ދައުވާއެއް މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ޝުއައިބުގެ މައްޗަށް ކޮށްފައިވަނީ، އިތުބާރުކުރެވޭ މަޤާމެއްގައި […]

ޙަބަރު

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް މާދަމާއިން ފެށިގެން، 24 ގަޑިއިރަށް ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހަދަން ނިންމައިފި އެވެ. މި ނިންމުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ނިންމުމަކީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިގްތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިބަދަލާއެކު،ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެކަމަށް […]

ޙަބަރު

ސަރުކާރުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 1616 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ. ހައުސިން މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ބިމާއި ފުލެޓަށް އެދި 1616 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. އެގޮތުން ފުލެޓަށް އެދި 1160 އެޕްލިކޭޝަން އަދި ބިމަށް އެދި 456 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. މިއާއެކު، ޑުރާފްޓް ސްޓޭޖްގައި 7605 އެޕްލިކޭޝަން އެބަހުރި ކަމަށް މިނިސްޓްރީން ބުންޏެވެ. ފްލެޓަށް އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރީލް […]