ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 88 / 179

ޙަބަރު

ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ފަށައިފި އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަަދި މަޝްރޫއު ފައްޓަވައިދެއްވީ އެމްއޭސީއެލްގެސީއޯއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްއޭސީއެލުން ބުނިގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ […]

ޙަބަރު

ބިދޭސިން މަސައްކަތް ކުރާ ސައިޓްތަކުގެ ހުއްދަ އާކުރަން ދީފައިވާ މުއްދަތު، މިނިސްޓަރީ އޮފް ހޯމްލޭންޑް ސެކުރިޓީން އިތުރުކޮށްދީފި އެވެ. ކޯޓާ ދޫކުރާ މަސައްކަތްތަކަށް ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޯޓަރައިޒް ކޮށްފައިވާ “ވާރކް ސައިޓް ޑިކްލަރޭޝަން ފޯމް” އަދި އިގްރާރް ހުށައަޅަންޖެހެ އެވެ. މިކަމާގުޅިގެން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ވަޒީފާދޭ ފަރާތްތަކުން އެދެމުންދާ ކަމަށް ހޯމް މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެހެންވެ، މިތަކެތި ހުށައަޅަންޖެހޭ މުއްދަތު މިއަހަރުގެ 1 […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ”ޕްރޮޖެކްޓް އައިލާ” ގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ. ޓައުންޝިޕް މަޝްރޫއަކީ ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރުގެ އިތުރުން ކުރަމާދޫ ގައި ކުރިއަށްގެންދާ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެެކެވެ. އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ކުރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރައްވައި “ޕްރޮޖެކްޓް އައިލާ” ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މިދިޔަ އަހަރު […]

ޙަބަރު

ތ. ވިލުފުށީގެ 65 ހެކްޓަރު ހިއްކާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ. އެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލުން ބުނިގޮތުގައި، ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 65 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށާއި، އެއީ އެ މަޝްރޫއުގެ 80 އިންސައްތަ ކަމަށްބުނެފައިވެ އެވެ. ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ފްލިޕޯ […]

ޙަބަރު

އެމެއޭސީއެލުން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭހަދިޔާ ކުރުމުގެ ޕުރޮގުރާމު އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދަން ފަށައިފި އެވެ. މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 31 ޖަނަވަރީ އަދި 1 ފެބްރުއަރީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައިގަ ކަމަސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. މި ޕުރޮގުރާމަކީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން އެމްއޭސީއެލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕުރޮގުރާމެކެވެ. އަދި ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްގެ ސްޓާފުންނަށް […]

ޙަބަރު

“ބިންވެރިޔާ” ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތިލިބޭ ފަރާތްތަކުގެ އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނަގަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ. ކުރީގެ ޝާއިއުކުރެވުނު ޕްލޭންގައި 610 ގޯތި މަދުވާތީ، އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4,072 ގޯތި ހިމެނޭހެން އައު ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވާ ކަމަށް މިމަހުގެ 26 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގެޒެޓަގައި ހާމަކޮށްފަ އެވެ. އެހެންވެ މި ބަދަލާ ގުލިގެން “ބިންވެރިޔާ” ސްކީމްގެ […]

ޙަބަރު

އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅޭނެ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ. ސަރުކާރުގެ ގެޒެޓުގައި އީސީން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައިވާގޮތުން ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭ ވަގުތު މިއަދުން ފެށިގެން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން، އަންނަ ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސުނާމީ ބިނާ ވެސް މަރާމާތު ކުރަން ފަށާނެ ކަމަށް މޯލްޑިވްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ބޮޑުތަކުރުފާނު މަގުތަރައްގީ ކުރުމުގެ ދެވަނަ ފިޔަހީގެ ދަށުން އެ މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް ނިއްމާލާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުން ދަނީ ސުނާމީ ބިނާގެ ސަރަހައްދުގެ ޝީޓްޕައިލީންއާއި އެސަރަހައްދުގައި ކުއޭ ވޯލްއެއް އެޅުމުގެ މަސައްކަތެވެ. ބޮޑުތަކުރުފާނު […]

ޙަބަރު

ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ 5 މަޝްރޫއެއް ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. މި ޕުރޮޖެކްޓްތައް އެޅުމުގެ އަމަލީ […]

ޙަބަރު

ކުރެޑިޓް ކާޑުތަކުގެ ލިމިޓް އިތުރު ކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލުން މިއަދު ބުނިގޮތުގައި ފެބްރުއަރީ 1 އިން ފެށިގެން ބީއެމްއެލް ކުރެޑިޓް ކާޑުން ކޮންމެ ކަސްޓަމަރަކަށް ވެސް ރާއްޖެއިން ވޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ލިމިޓް ބޮޑުވާނެ އެވެ. އެގޮތުން ކުލެސިކް ކުރެޑިޓް ކާޑުގެ 750 ޑޮލަރުގެ ލިމިޓް 1400 ޑޮލަރަށް އިތުރުކޮށް، ގޯލްޑް ކުރެޑިޓް ކާޑުގެ 750 ޑޮލަރުގެ ކުރެޑިޓް ލިމިޓް 1500 ޑޮލަރަށް އިތުރުކޮށް […]

ޙަބަރު

ދެކުނު އޭޝިއާގައި ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖެއިން ތަށި ނަގައި ކާމިޔާބީ ހޯދި ދިވެހި ގައުމީ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ދިވެހި ގައުމީ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. މިކާމިޔާބީ ފާހަގަކުރުމަށްޓަކައި ގައުމީ ފުޓްސަލް ޓީމު ރޭ މާލެ އައުމުން ދިވެހިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ޓީމަށް މަރުހަބާ ދެންނެވީސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު […]

ޙަބަރު

އިންޑިއާގެ ވެސްޓު ބެންގޯލްިއން ފެނިފައިވާ ނިޕާ ބަލީގެ ބިރު ރާއްޖެއަށް އަދި ނެތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިވަގުތު ރާއްޖެއަށް ނިޕާ ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަކަމަށެވެ. ނަމަވެސް، އެ އިދާރާއިން އަންނަނީ ހާލަތު މޮނިޓާ ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހުޅަނގު ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ނިޕާ ވައިރަސް އަކީ ޓެރޯޕަސް އާއިލާގެ ވާލުން […]