ޙަބަރު

އެމްޕީއެލްގެ އާރުޓީޖީ ކްރޭނުތައް އަޕްގްރޭޑް ކުރަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އެމްޕީއެލްގެ އާރުޓީޖީ ކްރޭނުތައް އަޕްގްރޭޑް ކުރަނީ

މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އާރްޓީޖީ ކްރޭނުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި، މި ކްރޭންތަކުގެ މެއިންޓެނަންސްގެ މަސައްކަތްކޮށް އަފްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިއްމާފައި ވަނީ ދެ ފިޔަވައްސަކަށް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރޭންތަކުގެ ކޮންޓްރޯލް އަދި ދުއްވާ ނިޒާމްތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމަށް ނިއްމާފައިވާ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. އަދި ދެވަނަ ފޭސް ގައި އިންޖީނު ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

އެމްޕީއެލުން ބުނެފައިވާ ގޮތުގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުންފުނިން ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހަށެވެ.

އެމްޕީއެލުން މައުލޫމާތު ދިން ގޮތުގައި އާރުޓީޖީތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ކްރޭންތަކެކެވެ. އެހެންވެ، މި ކެރޭންތައް އަޕްޑޭޓް ކުރުމަކީ ސަލާމަތާއި ރައްކާޓެރިކަމަށް ވަރަށް މުހިއްމު ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ޝެއާ

ކޮމެންޓު