ޙަބަރު

ފަތިސް ނަމާދުން ދުވަސް ފަށަން އަޒުމް ކަނޑައަޅަން ރައީސްގެ އިލްތިމާސް

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ފަތިސް ނަމާދުން ދުވަސް ފަށަން އަޒުމް ކަނޑައަޅަން ރައީސްގެ އިލްތިމާސް

ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ފަރުޟު ނަމާދުކުރަން ހުރިހާ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވި އެވެ.

“ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މައިންބަފައިން ވެސް ދަރިވަރުން ދުވަސް ފަށަނީ ފަތިސް ނަމާދުންކަން ޔަގީން ކުރުމަށް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން، ދިވެހިންނަކީ އިސްލާމް ދީނުގައި ސާބިތުވެތިބޭ ބައެއްކަން ހަނދާންކޮށް ދީނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް ކަންކަން ހަމަޖައްސައި ކޮންމެ ދުވަހެއް ވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވަމުން ރައީސް ވަނީ ދީނީ ކަންކަމަކީ އަދާކުރަންޖެހޭ ޒިންމާއެއްގެ ގޮތުގައި ބަލައި އަމަލުން އެކަންތައް ދައްކަން ޖެހޭ ކަމަށް ވިދާޅވެފަ އެވެ.

ޝެއާ

ކޮމެންޓު