ޙަބަރު
މިރެއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާނެ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް މިރެއިން ފެށިގެން ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު ވެސް ސަރުކާރުން ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ވަނީ މަސްދަޅުކޭސް ބަހާފަ އެވެ. އެގޮތުން މިއަހަރު ވެސް އެގޮތަށް މަސްދަޅުކޭސް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިރެއިން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރަމުންދާނެ އެވެ.
މާލޭގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
– މިފްކޯ މަރުކަޒު
– ސޯޝަލް ސެންޓަރ
– އެމްޓީސީސީ ސޯ މިލް
– ހެންވޭރު ބޯޅަ ދަނޑު
– ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް




ކޮމެންޓު