ޙަބަރު

ދިއްދޫގެ 41 ހެކްޓަރުގެ ބިން ހިއްކައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ދިއްދޫގެ 41 ހެކްޓަރުގެ ބިން ހިއްކައިފި

ހއ. ދިއްދޫގެ 41 ހެކްޓަރު ހިއްކާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އެރަށުގައި، އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާނެ ބިން ފޯރުކޮށްދިނުމަށްޓަކައި ފަށާފައިވާ މަޝްރޫއެކެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖެނުއަރީ ފަސް ވަނަ ދުވަހެވެ.

އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލުން ބުނިގޮތުގައި، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ 36.61އިންސައްތަ ކަމަށެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

ޝެއާ

ކޮމެންޓު