މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލުތަކެއް އައި ނަމަވެސް، ރާއްޖޭގެ ތެލުގެ ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތް ކަމުގެ ޔަގީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ބައިނަލްއަޤްވާމީ މާކެޓުތަކުގައި އިއްޔެ އެކަނިވެސް ތެލުގެ އަގު %25 އާއި %30 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީ […]
ފަހުގެ
ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހާވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ ޑރ. ޢަބްދުالله މުއްތަލިބެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދުއެވެ. މި މަޝްރޫޢުގެ ދަށުން: 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން 300 […]
ކ.މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުގެ އިތުރުން، އެމްޓީސީސީގެ ޑެޕުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަނެފައިވެއެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ އެއް ރަށްކަމުގައިވާ މާފުށީ […]
ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް އިމިގްރޭޝައިން ނިންމައިފި އެވެ. އިމިގްރޭޝަން އިން ކުރި އިއުލާނެއްގައި ބުނީ، މިވަގުތު މެދުއިރުމަތީިގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މިހެން ނިންމީ، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން […]
ލޯނުތަކުގެ ގޮތުގައި ނަގާފައިވާ ދަރަނިތައް ދެއްކުމަށް މި ސަރުކާރުން މިހާރު ފައިސާ އެއްކޮށްފައިވާ ކަމަށާއި، މާދަމާ ދައްކަން ޖެހުނަސް އެ ފައިސާ ދެއްކޭވަރަށް ދައުލަތުގެ ބަޖެޓުގައި ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު 8 އެޕްރީލް 2026 ގައި ދެއްކުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ސުކޫކަށް ދައްކަންޖެހޭ ފައިސާ […]
އުމްރާވެރިން ދިވެހި ހާރިޖިއްޔާގެ އިލްތިމާސްތަކަށް ތަބާވުމަށް މިނިސްޓަރ ޝަހީމް އިލްތިމާސްކުރައްވައިފި
މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިން ދިވެހި ޚާރިޖިއްޔާގެ އިލްތިމާސްތަކާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އިރުޝާދުތަކަށް ތަބާވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިލްތިމާސް ކުރައްވައިފި އެވެ. މިނިސްޓަރ އެކްސްގައި ކުރެވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، މި ރޯދަމަހާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ އިތުރުން 20 ކުންފުންޏަކުން ޖުމުލަ 2 ހާހަށް ވުރެ […]
މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލް އިން އާންމު ކުރި މައުލޫމާތައް ބަލާއިރު، ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 28 މާރިޗު 2026 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް […]
މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަވެރި ހާލަތާ ގުޅިގެން، އެ ސަރަހައްދުގެ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅުއްވައި ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ރާއްޖެއިން ފާޅުކުރާ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ […]
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތި އެތެރެކުރުމުގައި އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް އަވަސް ފިޔަވަޅު އެޅުމަށްޓަކައި ވަޒީރުންގެ ޚާއްޞަ ކޮމެޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. މި […]
ސަރުކާރުން ފައިސާ ދައްކަންޖެހޭ އަމިއްލަ ކުދި ވިޔަފާރިތަކުގެ ތެރެއިން، އެއް މިލިޔަން ރުފިޔާއަށްވުރެ ކުދި ބިލްތަކަށް އަންނަ ހަފުތާގައި އެކަނިވެސް 200 މިލިޔަން ރުފިޔާ ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކާ ނިންމުން ކަމަށާއި، މިހާރުވެސް ކޮންމެ ހަފުތާއަކު ދަނީ ކޮންމެވެސް މިންވަރެއްގެ ފައިސާ […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖެއްސީ އެމެރިކާގެ އާންމު ދަތުރުފަތުރުކުރާ “ސިވިލިއަން” ބޯޓެއް ކަމަށާއި، އެއީ ހަނގުރާމައާ އެއްވެސް ގުޅުމެއް ހުރި ފްލައިޓެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ރާއްޖޭގައި ޖައްސާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކާ ގުޅިގެން މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށެވެ. އަދި އެއީ ހަނގުރާމަމަތީ ބޯޓެއް ނޫން ކަމަށާއި، […]
ދެ އިންތިހާބު އެއްކޮށްލުމުން ރިޔާސީ ދައުރު ދިގުވާނެ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. އިނގުރާދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ކެންޕެއިން މެނޭޖަރު، ފަލާހު މިހެން ވިދާޅުވެފައި ވަނީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. ޕީއެންސީން މިއަދު ބޭއްވި މި ބައްދަލުވުމަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު […]










